1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ރާއްޖޭގެ އިންވެސްޓްމަންޓް ފުރުސަތުތައް ތުރުކީގެ ވިޔަފާރިވެރިންނާ ހިއްސާކުރުމަށް ބައްދަލުވުމެއް!

sed
ރާއްޖޭގެ ވަޒީރު ސައީދާއި ހާރިޖީވަޒީރު ތުރުކީގެ ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުން އިސްތަންބޫލްގައި / ފޮޓޯ:ފޮރިންމިނިސްޓްރީ
ޝާމިން ސަޢީދު
245ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ދިވެހިރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތަކުގެ މަޢުލޫމާތު ތުރުކީގެ ވިޔަފާރިވެރިންނާ ހިއްސާކުރުމަށް އިސްތަންބޫލްގައި ބާއްވައިފިއެވެ. މި ބައްދަލުވުމެއްގައި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލާއި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ބައިވެރިވެވަޑައިގެންނެވިއެވެ..

ތުރުކީގެ ފޮރިން އިކޮނޮމިކް ރިލޭޝަންސް ބޯޑް (ޑީއީއައިކޭ) އިން އިންތިޒާމްކުރި މި ބައްދަލުވުމުގައި، ދެ ޤައުމުގެ ދެމެދު އިޤްތިޞާދީ ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރެވުނެވެ. މީގެ ތެރޭގައި ފަތުރުވެރިކަމާއި، އިއާދަކުރަނިވި ހަކަތައާއި، ދަނޑުވެރިކަމާއި، ގެދޮރުވެރިކަމުގެ އިތުރުން ބަނދަރު ތަރައްޤީކުރުމާއި ޓެކްނޮލޮޖީގެ ދާއިރާ ހިމެނެއެވެ.

https://twitter.com/MoFAmv/status/1912143614635123086?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1912143614635123086%7Ctwgr%5Ecd18cf2f136a0ca2b09a8c09d93713a9e3a17a17%7Ctwcon%5Es1_&ref_url=https%3A%2F%2Fpsmnews.mv%2F155898

300 × 250

"2023 ވަނަ އަހަރުގެ ނޮވެންބަރު މަހު ސޮއިކުރެވުނު އިކޮނޮމިކް ކޯޕަރޭޝަން އެއްބަސްވުމާއި ޕްރިފަރެންޝަލް ޓްރޭޑް އެއްބަސްވުމަކީ ދެ ޤައުމުގެ އިޤްތިޞާދީ އަދި ވިޔަފާރީގެ ގުޅުން ކުރިއަރަމުން އަންނަކަމުގެ ހެކިތަކެކެވެ،" އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި އިންވެސްޓް މޯލްޑިވްސްގެ ސީއީއޯ ނުހާ މުޙައްމަދު ރިޒާ ވަނީ ދިވެހިރާއްޖޭގައި ހުރި އިންވެސްޓްމަންޓްގެ ފުރުސަތުތަކާ ގުޅޭ ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވައި، ރާއްޖެއަކީ ފަތުރުވެރިކަމާއި އިންވެސްޓްމަންޓްގެ ގޮތުގައި ކުރިއަރަމުން އަންނަ މަންޒިލެއްކަން ފާހަގަކުރައްވާފައެވެ.

ދިވެހި ޚާރިޖިއްޔާއިން ފާހަގަކުރި ގޮތުގައި މި ބައްދަލުވުމަކީ ކުރިއަށް އޮތް އަހަރުތަކުގައި ތުރުކީއާއި ދިވެހިރާއްޖެއާ ދެމެދު އިޤްތިޞާދީ ގުޅުން އިތުރަށް ހަރުދަނާކުރުމަށް މުހިންމު ބައްދަލުވުމެކެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި