1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ޚާރިޖީ ވަޒީރު ޑރ. ޚަލީލް ތުރުކީއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި

big_210rHjzFaC22O471OrVDd6lbB
ޚާރިޖީ ވަޒީރު ޑޮކްޓަރ ޢަބްދުﷲ ޚަލީލް
އާމިނަތު ޝަޒްލާ
245ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މި އޭޕްރިލް މަހުގެ 11 އިން 16 އަށް ޚާރިޖީ ވަޒީރު ޑޮކްޓަރ ޢަބްދުﷲ ޚަލީލް، ތުރުކީ އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.

ޚާރިޖީ ވަޒީރު ޑޮކްޓަރ ޢަބްދުﷲ ޚަލީލްގެ މިދަތުރުފުޅަކީ ތުރުކީގެ އަންތާލިޔާގައި އޮތް ހަތަރުވަނަ އަންތާލިޔާ ޑިޕްލޮމެސީ ފޯރަމް ގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަފުރުފުޅެކެވެ.

މި ފޯރަމް ގެ ހަވާސާގެ ތެެރެއިން އެންގޯލާ، އަޒަރްބައިޖާން، ގެމްބިއާ، އަދި ހަންގޭރީގެ ޚާރިޖީ ވަޒީރުންނާ ޚާރިޖީ ވަޒީރު ޑޮކްޓަރ ޢަބްދުﷲ ޚަލީލް ބައްދަލުކުރެއްވިއެެވެ. މީގެއިތުރުން، ތުރުކީގެ މިނިސްޓަރ އޮފް ޓްރޭޑް އޮމެރް ބޮލާޓް އަދި ތުރުކީގެ މިނިސްޓަރ އޮފް ކަލްޗަރ އެންޑް ޓޫރިޒަމް މެހްމެތް ނޫރީ އެރްސޯއި އާވެސް ޚާރިޖީ ވަޒީރު ޑޮކްޓަރ ޢަބްދުﷲ ޚަލީލް އަންތާލިޔާގައި ބައްދަލުކުރައްވާފައިވެއެވެ.

300 × 250

މި ދަތުރުފުޅުގައި އަންްތާލިޔާ ޑިޕްލޮމެސީ ފޯރަމްގައި ބައިވެރިވެވަޑައިގަތުމުގެ އިތުރުން ޚާރިޖީ ވަޒީރު ޑޮކްޓަރ ޢަބްދުﷲ ޚަލީލް ތުރުކީގެ ވެރިރަށް އަންކާރާ އަދި އިސްތާންބުލްގައިވެސް ރަސްމީ ހަރަަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

މިގޮތުން، ޚާރިޖީ ވަޒީރު ޑޮކްޓަރ ޢަބްދުﷲ ޚަލީލްގެ އަންކާރާ ދަތުރުފުޅުގައި އެންމެ ފާހަގަކޮށްލެވޭ ކަމަކީ ތުރުކީގައި ގާއިމުކުރެވުނު އެންމެ ފުރަތަމަ ދިވެހިރާއްޖޭގެ އެމްބަސީ ރަސްމީކޮށް އިފްތިތާހުުކޮށްދެއްވުމެެވެ. މިއީ ތުރުކީ އާ ދިވެހިރާއްޖެ އާ ދެމެދުގައިވާ ގުޅުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.

ޚާރިޖީ ވަޒީރު ޑޮކްޓަރ ޢަބްދުﷲ ޚަލީލް އިސްތާންބުލް އަށް ކުރެއްވި ދަތުރުފުޅުގައި އިޤްތިޞާދީ ކުރުއެރުވުން އަދި ވިޔަފާރި އާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ބައިވެރިވެވަޑައިގެންނިވެވިއެވެ. އަދި، ދެ ވަޒީރުން ތުރުކީގެ ވިޔަފާރިވެރިންނާއި އިންވެސްޓަރުންނާ މުއާމަލާތްކުރައްވައި، ދިވެހިރާއްޖޭގައި އިންވެސްޓް ކުރުމުގެ ފުރުސަތައް ހިއްސާ ކުރެއްވިއެވެ.

ޚާރިޖީ ވަޒީރު ޑޮކްޓަރ ޢަބްދުﷲ ޚަލީލްގެ އަރިހުގައި މިނިސްްޓްރީ އޮފް ފޮރިން އެފެއާޒްގެ ސެކްރެޓަރީ ޑޮކްޓަރ ހަލާ ޙަމީދު އަދި ސީނިއަރ އަންޑަރ ސެކްރެޓަރީ ހަސަން ހުސައިން ޝިހާބް ބައިވެރިވެވަޑައިގެންނެވިއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި