1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ރަސްދޫގެ ބަނދަރުގެ ބޭރުތޮށިލުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢު ހަލުވިކަމާއެކު ކުރިއަށް

ރަސްދޫގެ ބަނދަރުގެ ބޭރުތޮށިލުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢު ހަލުވިކަމާއެކު ކުރިއަށްދަނީ. —- ފޮޓޯ: އެމްޓީސީސީ
މަރިޔަމް އަފީފާ
404ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އއ. ރަސްދޫގެ ބަނދަރުގެ ބޭރުތޮށިލުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢު ހަލުވިކަމާއެކު ކުރިއަށްދާކަންހާމަކުރައްވައިފިއެވެ.

މަޝްރޫއު ކުރިއަށް ގެންދާ ކުްނފުނި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އިންއެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، އެ ސަރަހައްދުގައި މިހާރު ކުރިއަށްދަނީ، ސަރަޙައްދުގައި ހިލަ ތޮށިލުމުގެ މަސައްކަތް ކަމަށެވެ.

އާބާދީގައި ގާތްގަނޑަކަށް 1،300 އެއްހައި މީހުން ދިރިއުޅޭ ރަސްދޫގައި ކުރިއަށް ގެންދާ މި މަޝްރޫއުގެ ތެރެއިން، 106،552 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި، 106 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުމާއި، 224 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުން ހިމެނެއެވެ. އަދި 1.656 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 177 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށިލުމާއި، 795 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން ވެސް ހިމެނެއެވެ.

300 × 250

މި ކަންކަމުގެ އިތުރުން، ރޭމްޕެއް ހެދުމާއި، ނެރު ބައްތިއާއި ބަނދަރު ބައްތި ހަރުކުރުމާއި، ކޮންކްރީޓް ދެ ބްރިޖް ހެދުން ވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނިގެން ވެއެވެ.

އެމްޓީސީސީއާ މި މަޝްރޫއު ހަވާލުކޮށްފައިވަނީ،80.44 މިލިއަން ރުފިޔާއަށެވެ.

މިހާރު ކުރިއަށްދާ މަޝްރޫޢު ނިމުމަކަށް އައުމުން، ލަފާފުރުމުގައި ހުރި ދަތިތަކަށް ހައްލެއް ލިބި، ރަށުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް އާ ދިރުމެއް ލިބޭނެއެވެ. މީގެ އިތުރުން، ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް ފުރިހަމަވުމުން، ރަށްގިރުމުގެ ސަބަބުން ކުރިމަތިވާ ތިމާވެށީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ލަފާކުރެވެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި