1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ތަސައްވުރު 2024 - ޕުލާސްޓިކު ބޭނުންނުކުރާ ރަށަކަށް ވާދޫ

245456635_257756549622192_5372735204084212392_n
މުހައްމަދު އަޚްތަރު
1,212ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

"ތަސައްވުރު 2024 - ޕުލާސްޓިކު ބޭނުންނުކުރާ ރަށަކަށް ވާދޫ" މި ޝިޢާރުގެ ދަށުން ގދ ވާދޫގައި އުކާލައިފައި ހުރި ޕުލާސްޓިކު ނަގައި ސާފުކުރުމުގެ ގޮތުން މިއަދު އެރަށުން ބަނދަރުމަތީ ސާފްކޮށްފިއެވެ.

މިއަދު ކުރިޔަށް ގެންދިޔަ ހަރަކާތަށް ފަހު ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން ވާދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ނައިބު ރައީސާ އިއްފަތު ރަޝީދު ވިދާޅުވީ މިއަދު ކުރިޔަށް ގެންދިޔަ ހަރަކާތަކީ 2024 އަށް އަމާޒު ކޮށްގެން މުޅި ރަށަކީ ޕުލާސްޓިކު ބޭނުން ނުކުރާ ރަށަކަށް ހެދުމަށް ކުރުމަށް ރޭވިފައިވާ މަސައްކަތް ތަކުގެ ތެރެއިން ރަށުތެރެ ސާފުކޮށް ބޭއްވުމަށް ފެށި ސިލްސިލާ ޕްރޮގްރާމެއްގެ ފެށުމެއް ކަމަށެވެ.

245433607_964477057744823_2073219420918947937_n

300 × 250

އިތުރަށް މައުލޫމާތު ދެއްވަމުން އިއްފަތު ވިދާޅުވީ މިއަދު ކުރިޔަށް ގެންދިޔައީ ރަށުގެ ވަކި ސަރަހައްދެއް ނަމަވެސް ކުރިއަށް އޮތް ތަނުގައި ތަސައްވުރު 2024 - ޕުލާސްޓިކު ބޭނުންނުކުރާ ރަށަކަށް ވާދޫ, މި ޝިޢާރުގެ ދަށުން ރަށުގެ ހުރިހާ ތަނެއް ސާފު ކޮށް ބޮޑު ބަދަލެއް ގެނައުމަށް ކައުންސިލްގެ ވިސްނުން ހުރުމުން އެލަނޑުދަނޑި ހާސިލު ކުރުމަށް ޑަބްލިއުޑީސީ އިން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށާއި މިހަރަކާތުގައި ބައިވެރިވި ހުރިހާ މުޢައްސަސާ ތަކަށާއި ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާ ކަމަށެވެ.

އުކާލެވިފައިވާ ކުނީގެ ގޮތުގައި 4 ޖަމްބޯ ބޭގް ޕުލާސްޓިކް ތަކެތި މިއަދު ނެގުނުއިރު އެކުނިތައް ނައްތާލުމަށް ކުރެވޭނެ އެއްވެސް ކަމެއް އެރަށުގައި ނެތުމުގެ ސަބަބުން އެކަމުގެ ކަންބޮޑުވުން ވެސް ރައީސާވަނީ ހުވަދޫ ނިއުސް އާއި ޙިއްސާ ކުރައްވާފައެވެ. އެގޮތުން މިހާރު އެއްކުރެވުނު ހުރިހާ ކުންޏެއް ވަނީ ކުނި ކޮއްޓަށް ޖަމާ ކޮށްފައި ކަމަށާއި އެފަދަ ކުނި ނައްތާލާނެ ނިޒާމެއް ހޯދަން ނުވަތަ އެތަކެތި އަނދާނުލާ މެނޭޖް ކުރެވޭނެ ގޮތެއް ހޯދަން ޖެހޭ ކަމަށެވެ.

ވާދޫ އަކީ ލޯކަލް ޓުވަރިޒަމާއި ގުޅުންހުރި ގިނަ ކަންތައްތަކަށް ތައްޔާރު ވަމުންދާ ރަށެއްކަން ފާހަގަ ކުރެވެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި