1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

މިއަހަރުގެ އަމާޒަކީ، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ފުލުހުންގެ ތަހުގީގުތައް އަވަސްކުރުން: ވަޒީރު އިހުސާން

img_md_202504260657081745632628.1252
ދާޚީލީ ސަލަމާތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ފޮޓޯ: ދާޚީލީ ސަލަމާތާއި ފަންނިއްޔާތާބެހޭ ވުޒާރާ
އާމިނަތު ޝަޒްލާ
385ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ފުލުހުންގެ ތަހުގީގުތައް އަވަސްކޮށް، ނަތީޖާ ނެރުމަކީ މި އަހަރުގެ އެންމެ ބޮޑު އެއް އަމާޒު ކަމަށް ދާޚީލީ ސަލަމާތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތުގެ 92 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މި އަހަރު އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ދިވެހި ފުލުހުންގެ ޚިދުމަތަކީ ރައްޔިތުންނާ ގާތުން، އޯގާތެރިކަމާއި، ހިނިތުންވުމާއެކު ދެވޭ ޚިދުމަތަކަށް ހެއްދެވުމުގެ މަސައްކަތްތައް ކަމަށެވެ.

300 × 250

ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ފުލުހުންގެ ތަހުގީގުތައް އަވަސްކޮށް ރައްޔިތުން އެދޭފަދަ ބަދަލެއް އިހުސާސްކޮށް ދެއްވުމަކީ އަމާޒެއްކަން މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އަޅުގަނޑު އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އަދި އެންމެހާ ދިވެހި ރައްޔިތުންނަށް އަރުވަން ބޭނުންވާ ޔަގީންކަމަކީ ދިވެހި ފުލުހުންގެ ޙިދުމަތުގަ ހުރިހާ މުވައްޒަފުންވެސް އެ އަމާޒަށް މިއަހަރު މަސައްކަތް ކުރަމުންގޮސް ކާމިޔާބީ ހާސިލްކުރާނެކަން މާތްﷲގެ ވާގިފުޅާއެކީ." މިނިސްޓަރ އިޙްސާން

އަދި ދިވެހި ފުލުހުންގެ ހިދުމަތް އިތުރަށް ތަރައްގީކޮށް އިފެކްޓިވް ކުރުމަށްޓަކައި އަހަރު ނިމުމުގެ ކުރިން ދިވެހިރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ގާއިމުކުރުމަށް ފުލުހުންގެ ތާރީހުގައި ހިންގޭ އެންމެ ބޮޑު އުމްރާނީ ތަރައްގީގެ މަޝްރޫއު މިދިޔަ މަހުގައި ފަށާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އެގޮތުން މި އަހަރަކީ ސަރުކާރުގެ ޢުމްރާނީ ތަރައްޤީގެ އަހަރެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ތަޞައްވުރުކުރައްވާފައިވާތީ އެނިންމުމާއެކު އެމަނިކުފާނުގެ ޚާއްސަ އިރުޝާދުގެ ދަށުން ފުލުހުންގެ މުއައްސަސާގެ ޢުމްރާނީ ތަރައްޤީއަށް ކުރެވޭ މަސައްކަތުގެ ދަށުން 75 ޢިމާރާތް ތަރައްޤީކުރުމަށް މިހާރު ވަނީ ކަނޑައަޅުއްވާފައެވެ.

މި މަޝްރޫއު ނިމުމުން، ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ރަށުގައި ފުލުހުންގެ އަމިއްލަ، ޒަމާނީ މަރުކަޒުތައް ހުންނާނެއެވެ. މީގެ ސަބަބުން ފުލުހުންގެ ބަޖެޓުގެ ރިކަރަންޓް ހަރަދު ކުޑަކޮށް، ހިދުމަތް ދިނުމަށް ކުރެވޭ ހޭދަ އިތުރުކުރެވޭނެއެވެ.

މި މަޝްރޫއުގެ ދަށުން ތަރައްޤީކުރެވޭ އިމާރާތްތަކުގެ ތެރޭގައި ފުލުހުންގެ ޚިދުމަތް ސަރަހައްދީ ފެންވަރުގައި ފޯރުކޮށްދިނުމަށް ބޭނުންވާ އިމާރާތްތަކާއި، އަތޮޅު ފެންވަރުގައި ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ އިމާރާތްތައް ހިމެނެއެވެ. މީގެ އިތުރުން، ރަށްރަށުގައި ފުލުހުންގެ ޚިދުމަތް އަލުން ފެށުމަށާއި ތަރައްގީކުރުމަށް ޕޮލިސް ސްޓޭޝަންތައް ގާއިމްކުރުމާއި، ޕޮލިސް ޕޯސްޓުތަކާއި ފުލުހުންގެ އެކޮމޮޑޭޝަން ބްލޮކްތައް ތަރައްގީކުރުންވެސް ހިމެނެއެވެ.

މި މަޝްރޫއަކީީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކޮށް، ކުށްކުރުން މަދުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި