ތިނަދޫއިން ނިޔާވި 3 މަހުގެ ތުއްތު ކުއްޖާ ނިޔާވެފައިވަނީ ކޮވިޑް ބަލީގައި ނޫން ކަމަށް ކަނޑައަޅައި އެކަން އާއިލާއަށް އަންގާފައިވާ ކަމަށް ޑރ އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނެފިއެވެ. ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް ސާލިމް އަލީ، ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެތުއްތު ކުއްޖާއަކީ މީގެ ކުރިން ކޮވިޑް-19 އަށް ފައްސިވެފައިވާ ކުއްޖެއް ކަމަށާއި، އެކުއްޖާ ކޮވިޑް ބައްޔަށް ފައްސިވި ފަހުން މިއަދަށް 16 ދުވަސް ހަމަވެފައިވާ ކަމަށެވެ. އެހެން ވުމުން އެކުއްޖާ އަކީ ކޮވިޑް ޕޭޝަންޓެއް ނޫންކަމަށް ނިންމާފައިވާ ކަމަށެވެ. ރޭގެ ފަތިހުގެ ވަގުތެއްގައި، ހާލު ދެރަވެގެއް އެކުއްޖާ ތިނަދޫގައި ހުންނަ ކޮވިޑް ފެސިލިޓީއަށް ވަނީ ގެންގޮސްފައެވެ. ނަމަވެސް ފަރުވާ ނުދެވި ލަސްވެގެން ދިޔަ ކަމަށާއި އެކަމުގައި ހޮސްޕިޓަލުގެ އިހުމާލު އޮތް ކަމަށް އާއިލާގެ ފަރާތުން ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވާފައިވެއެވެ.
ތިނަދޫއިން ނިޔާވި 3 މަހުގެ ތުއްތު ކުއްޖާގެ މަރަކީ ކޮވިޑް މަރެއް ނުން - ޑރ އޭއެސްއެމްއެޗް

300 × 250






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.