1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
މީހުން

ނުކުޅެދުންތެރިކަމާއި އެކުވެސް ދުނިޔޭގައި އާދައިގެ ދިރިއުޅުމެއް އުޅެވިދާނެކަމުގެ ނަމޫނާ ދައްކާފައިވާ މެކޭނިކެއް

Kasey-McAllister
ނަޞްރުﷲ އަފީފް
795ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ދުނިޔޭގައި ނުކުޅެދުންތެރިކަމާއި ކުރިމަތިލަމުން އަންނަ އެތަށް ހާސް ބަޔަކަށް، ނުކުޅެދުންތެރިކަމާއި އެކުވެސް ދުނިޔޭގައި އާދައިގެ ދިރިއުޅުމެއް އުޅެވިދާނެކަމުގެ ނަމޫނާ ދައްކައި، ހިތްވަރު އާކޮށްދީފައިވާ ހިތްވަރުގަދަ މެކޭނިކެއް ކަމުގައި ކޭސީ މެކަލިސްޓަރ ފާހަގަކުރެވިގެން ދެއެވެ.

ނުކުޅެދުންތެރިކަމާއެކުވެސް، ހަމަޖެހޭ އާދައިގެ ދިރިއުޅުމެއް އުޅެވިދާނެކަމާއި، ނުކުޅެދުންތެރިކަމަކީ، މިހާގެ މުޅިދިރިއުޅުން ހުއްޓުމަކަށް އަންނަންޖެހޭ ސަބަބެއް ނޫންކަން ވަރަށް ފުރިހަމަޔަށް އަމިއްލަ ދިރިއުޅުމުން ސާބިތުކޮށް ނަމޫނާ ދައްކާފައިވާ ފަރާތަކަށް ކޭސީ މެކަލިސްޓަރ ވެފައި ވެއެވެ. ނުކުޅެދުންތެރިކަން ހުންނަ އޭނާ ފަދަ ތަފާތު އެތަށް ބަޔަކަށް ދިރިއުޅުމުގެ އުއްމީދު އާކުރުމަށް މެކަލިސްޓަރ އަންނަނީ، ސޯޝަލް މީޑިޔާގައި ތަފާތު ހިތްވަރުދިނުމުގެ މެސެޖްތައް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކޮށްގެން ދެމުންނެވެ.

ކޭސީ މެކަލިސްޓަރގެ އުމުރުން އެންމެ 6 އަހަރުގައި ހިގި އެކްސިޑެންޓެއްގައި، އޭނަގެ ދެފަޔަށް ސީރިއަސް އަނިޔާތަކެއްވެ، ފުރާނަ ސަލާމަތް ކުރުމަށް ދެފައި އެއްކޮށް ބުރިކުރަން ޖެހުނެވެ. ތުއްތު އުމުރުގައި ނުކުޅެދޭ ފަރާތަކަށް މެކަލިސްޓަރ ވެގެންގޮސްފައި ވީނަމަވެސް، މެކަލިސްޓަރގެ ހިތްވަރަށް ބަދަލެއް ނާދެއެވެ. އާންމު އެހެން އިންސާނުންނެކޭ އެއްފަދައިން ދިރިއުޅުމުގައި ދިމާވާ ތަފާތުކަންކަން އަމިއްލަޔަށް ކުރުމުގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހިތްވަރުދީ، އެފަރާތްތަކަށް ދިރިއުޅުމުގެ އުއްމީދު އާކޮށްދޭ ފަރާތަކަށް މެކަލިސްޓަރ ވެފައިވެއެވެ.

300 × 250

މެކަލިސްޓަރ އަކީ މިއަދު ކުޅަދާނަ މެކޭނިކެކެވެ. ދިރިއުޅުމުގައި ކާމިޔާބު، ފިރިއެއްގެ އިތުރުން، ޒިންމާދާރު ބައްޕައެއްވެސް މެއެވެ. ބުރަމަސައްކަތް ކޮށްގެން އާމްދަނީ ހޯދައި ސޯޝަލް މީޑިޔާގައި އެތަށް ބަޔެއްގެ ނަޒަރު ހުއްޓޭ ނަމޫނާ ފަރާތަކަށް މެކަލިސްޓަރ ވެފައިވެއެވެ.

މެކަލިސްޓަރ ބުނެފައިވާގޮތުން، ނުކުޅެދުންތެރިކަމަކީ، ދިރިއުޅުމުގެ ހުރިހާ އުފަލަކުން މަހްރޫމް ވާންޖެހޭ ސަބަބަކަށް ބެލުމުގެ ބަދަލުގައި، ކޮންމެ މީހެއްވެސް އެމީހެއްގެ ފެންވަރުން، އާމްދަނީ ހޯދުމަށް ކޮންމެވެސް މަސައްކަތެއް ކޮށް، އާމްދަނީއެއް ހޯދާ މީހަކަށް ވުން މުހިންމެވެ. ނުކުޅެދުންތެރިކަން، ދިރިއުޅުމުގެ ކޮންޓްރޯލް ނެގުމުގެ ބަދަލުގައި، އެހެން މީހުންނެކޭ އެއްފަދައިން ދިރިއުޅުމެއް އުޅެވޭތޯ ބެލުމަކީ މުހިންމުކަމެއްގެ ގޮތުގައި މެކަލިސްޓް ބުނެއެވެ.

https://twitter.com/TheSun/status/1450003715579170817?s=20

މެކަލިސްޓަރ އޭނާގެ ގަރާޖުގައި މަސައްކަތްކުރާ ވީޑިއޯއެއް ސޯޝަލް މީޑިޔާގައި ދައުރުވަމުންދާއިރު، މިވީޑިއޯ އަށް ގިނަބަޔެއްގެ ސަމާލުކަން ހުއްޓިފައިވެއެވެ. މެކަލިސްޓަރ ސާބިތުކޮށްދީފައިވާގޮތުގައި ދިރިއުޅުމުގައި އެހެނިހެން ފަރާތްތަކެކޭ އެއްފަދައިން އޭނާއަށް ނުކުރެވޭ އެއްވެސް ކަމެއް ނެތެވެ. އޭނާގެ ކާމިޔާބީއަކީ ނުކުޅެދުންތެރިކަން ދިރިއުޅުމުގެ ކޮންޓްރޯލް ނެގުމުގެ ފުރުޞަތު ނުދީ، އެހެނިހެން އިންސާނުންނެކޭ އެއްފަދައިން، އަމިއްލަ ދިރިއުޅުމުގައި ޒިންމާނަގައި، އަމިއްލަ ދިރިއުޅުން ކާމިޔާބުކުރުމަށް ގެންގުޅުނު ނުގުޑާފަދަ އަޒުމްގެ ނަތިއްޖާއެވެ..

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި