ތެރަޕީ ނަގަންދިޔަ ކުއްޖަކަށް އަނިޔާވެދާނެ ގޮތަކަށް ޢަމަލުކުރި މައްސަލާގައި އިހުމާލުވި މުވައްޒަފުންނަށް ފިޔަވަޅު އަޅައި، ކްލިނިކް ވަގުތީގޮތުން ބަންދުކޮށްފައިވާ ކަމަށް ފިޒިއޯ ކްލިނިކުން މިއަދު ބުނެފިއެވެ.
މި މައްސަލައާ ގުޅިގެން ފިޒިއޯ ކްލިނިކުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އާންމުވެފައިވާ ވީޑިއޯގައި އެ މުވައްޒަފުގެ ފަރާތުން ފެނިފައިވަނީ ބަލައިނުގަނެވޭނެ ޢަމަލުތަކެއް ކަމަށެވެ. އަދި އެއީ އެ ކްލިނިކުން ޢަމަލުކުރާ މިންގަނޑުތަކާ މުޅިން ޚިލާފު ޢަމަލެއްކަމަށްވެސް ފާހަގަކޮށްފައިވެއެވެ.
ކްލިނިކުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި މައްސަލަ އެނގުނު ހިސާބުން ވަގުތުން ފިޔަވަޅު އަޅައި، އެ ހާދިސާ ހިނގި ވަގުތު ތިބި ދެ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވެއެވެ. އަދި މިއީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ދެކޭތީ، ފުލުހުންގެ ތަޙުޤީޤަށް އެއްބާރުލުން ދިނުމުގެ ގޮތުން ކްލިނިކް ވަގުތީގޮތުން ބަންދުކުރަން ނިންމާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.