ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އިން ގދ ތިނަދޫ ގައި ބޭނުން ކުރަމުންދާ 1 ލައްކަ 72 ހާސް 730 އަކަ ފޫޓު ބިމުން ކުލި ނަގަން ތިނަދޫ ކައުންސިލުން ފާސްކޮށްފިއެވެ.
ތިނަދޫ ކައުންސިލުން މިނިންމުން ނިންމާފައި ވަނީ މިއަދު ބޭއްވި އެކައުންސިލްގެ 4 ދައުރު 21 ވަނަ ބައްދަލުވުމުގައެވެ.
ތިނަދޫ ރައީސް ސައުދު ޢަލީ ރިޔާސަތު ބެލެހެއްޓެވި މި ބައްދަލުވުމުގައި ފެނަކައިން ތިނަދޫ ގައި ބޭނުން ކުރަމުންދާ ބިން ތަކަށް ކުލި ނަގަން ނިންމެވީ ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.
ހުވަދޫ އަށް މަޢުލޫމާތު ދެއްވަމުން ދާދި ދެންމެއަކު ތިނަދޫ ރައީސް ސައުދު ޢަލީ ވިދާޅުވީ ފެނަކައިން ތިނަދޫ ގައި ބޭނުންކުރާ ބިން ތަކަށް ކުލި ނަގަން ނިންނީ ސަރުކާރުގެ ނުވަތަ ސަރުކާރު ހިއްސާ ވާ ކުންފުނި ތަކުން ވެސް ރަށުގައި ވިޔަފާރި އުސޫލުން ބޭނުން ކުރާ ބިން ތަކަށް ކުލި ނަގަމުންދާތީ އާއި ކައުންސިލް ހިންގުމަށް ގިނަގުނަ ފައިސާ ބޭނުން ވާތީ ކަމަށެވެ. އިތުރަށް ރައީސް ސަޢުދު އަލީ ވިދާޅުވީ ކައުންސިލުގެ ބަޖެޓުން މިހާރުވެސް މަހަކު 1 މިލިޔަނަކަށްވުރެ ގިނަ ފައިސާ, މިސްކިތްތަކާ މަގުބައްތި އަދި ކައުންސިލްގެ އިމާރާތްތަކުގެ ކަރަންޓާއި ފެނަށް އެކަނި ދޭން ޖެހޭ ކަމަށާއި ފައިސާ ނުލިބި ރަށަށް ގެންނަޖެހޭ ކުރި އެރުމަށާއި ތަރައްޤީ ނުގެންދެވޭނެ ކަމަށެވެ.
ތިނަދޫ ގައި ފެނަކައިގެ ގިނަ ބިންތަކެއް އެ ކުންފުނީގެ އެކި ބޭނުން ތައް ދޫ ކުރެވިފައި އެބަހުއްޓެވެ. އަދި އަލަށް ހިއްކި ބިމުން ވެސް 8 ބިމެއް ހަމަޖައްސާފައި އެބަހުރި ކަމަށް ހުވަދޫ ނޫހަށް މައުލޫމާތު ލިބިފައިވެއެވެ.
ތިނަދޫ ކައުންސިލުން ފެނަކައިގެ ބިން ތަކަށް ކުއްޔެއްގެ ގޮތުގައި ނަގަން ނިންމާފައި ވަނީ އަކަފޫޓަކަށް 7 ރުފިޔާއެވެ.
ތިނަދޫ ކައުންސިލުން ފެނަކަ ކުންފުނިން ބޭނުން ކުރާ ބިން ތަކަށް ކުއްޔެށް ނަގަން ނިންމީ މީ ފުރަތަމަ ފަހަރެވެ.
ޚިޔާލު (7)
ރަގަޅު ނިއްމުމެއް.
ތިކަމަކީ ސަރުކާރަށާއި ފެނަކައަށް ކުރި ޖެއްސުމެއްކަމަށްބެލެވޭ. ޖެއްސުން ނުކޮށް ފުރަތަމަ ކައުންސިލުން މިލިޔަނުން އަރާފަހުރި ކަރަންޓްބިލްތަށް ދައްކަންވީނު ފެނަކައަށް.
ތިދެން ފުކެއް ބޮޑުވަރު. ބަލަގަ ރައީސް، ފެނަކައިން ހިދުމަތްދެނީ ތިނަދޫ ރައްޔިތުންނަށޭ ، އެވެސް ސަރުކާރު ހިއްސާވާ ކުންފުންޏެކޭ. ކުރިން ބާރުއޮތް ބޭފުޅުންނަށް އަމިއްލަ ވިޔަފާރިކުރަން 10 ، 25 . 30ލާރިން ރަށުގެ އެންމެ އަގުބޮޑު ހިސާބުތަކުން ބިން ދޫކޮށްފަ އެހެރީ.. ނޫނޭވާ ސާބަސް... ..
ތެދެކެ، ތީިބޮޑެވަރެ
ރައްރަށުަގައި ދައުލަތާއި، ދައުލަތްހިއްސާވާ ކުންފުނިތަތުން ނަފާހޯދުމަށް ކުރާކޮންމެ ވިޔަފާރިޔަކުންވެސް ބިމުކުލިނެގުން ލާޒިމުކޮށް ގާނޫނަށް އިސްލާހުގެނައުމަށް ރައްޔިތުންގެ މަޖުލީހަށް ހުށައަޅާ ފާސްކުރަންވެއްޖެ
ބަލަގަ ފެނަކައިން ރަށްރަށުގެ ކައުންސިލް ތަކަށް ބިލްކުރަނީ ބިޒްނަސް ކެޓަގަރީ އިން. މިސްކިތް، މަގުބައްތި، ބަދަރު ބައްތި ، އާންމު ތަން ތަން ފަދަ އެތައް ތަނެއް ހިމެނޭ.....މީހައްތާ ވެސް ކައުންސިލް ތަކުގެ ބަޖެޓުން ހަރަދު ވާ ފައިސާ.... އެންމެ ކުޑަ ރަށަށްވެސް 45000 ރުފިޔާ މަހަކު މަގުބައްތީގެ ކަރަންޓް ބިލަށް ހަރަދުވޭ މިކެޓަގަރީ އިން ބިލަށް ޗާޖު ކުރާތީ.... އަދި ކޮބާ މިސްކިތް ތައް ، ކައުންސިލް އިދާރާ....ނުވަތަ އާންމު މައިދާނާ ޕާކްތައް... މިއީކީ ވިޔާފާރި ކުރާ ފިހާރަ ތަކެއް ނޫނޭ މިއަގުގަ ޗާޖްކުރަން....މިރޭޓް ކުަޑަނަމަ މިފައިސާ ސޭވް ކޮށްގެން ކައުންސިލް ތަކުން ރައްޔިތުންނަށް އެތައްކަމެއް ކޮށްދެވޭނެ.
ވަރަށް ރަނގަޅު ނިންމުމެއް