2020 އަދި 2021 ވަނައަހަރު ހިމެނޭގޮތަށް މިއަހަރު އެވިޑް ކޮލެޖުގެ ކޮންވޮކޭޝަން ބާއްވާނީ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ކަމަށް އެ ކޮލެޖުން ކަނޑައަޅައިފިއެވެ.
އެވިޑް ކޮލެޖުން މައުލޫމާތު ދެއްވި ގޮތުގައި އެރަސްމިއްޔާތު ބޭއްވުމަށް ހަމަޖައްސާފައިވަނީ ދެބަޔަކަށް ބަހާލައިގެން އެ ދުވަހުގެ ހެނދުނާއި ރޭގަނޑުއެވެ.
އެވިޑުން ވިދާޅުވީ ދިވެހިރާއްޖެގައި ކޮވިޑްގެ ހާލަތު ގޯސްވުމުގެ ސަބަބުން މިދިޔަ އަހަރު އެކިއެކި މުއައްސަސާތަކުން ހިންގުމަށް ކަނޑައަޅާފައިވާ ގިނަ ކަންތައްތަކެއް ނުކުރެވޭ ކަމަށާއި އޭގެތެރެއިން އެއްކަމަކީ އެވިޑް ކޮލެޖުން ކޮންމެ އަހަރު ކުލަގަދަ ގޮތެއްގައި ބާއްވަމުން ގެންދާ އެ ކޮލެޖްގެ ކޮންވޮކޭޝަން ރަސްމިއްޔާތު ކަމަށެވެ.
އެވިޑް ކޮލެޖްގެ މިއަހަރުގެ ކޮންވޮކޭޝަން ރަސްމިއްޔާތާއި ގުޅޭގޮތުން މައުލޫމާތު ހޯއްދެވުމަށް 7269094 ނަންބަރަށް ގުޅުއްވުމަށް އެވިޑް ކޮލެޖުން އިލްތިމާސްކުރެ އެވެ.
އެވިޑް ކޮލެޖަކީ ދިވެހިރާއްޖޭގެ އެކި ކަންކޮޅު ތަކުގައި މަތީ ތަޢުލީމާއި ހުނަރު ފޯރުކޮށްދެމުންގެންދާ ރާއްޖޭގެ އެންމެ ބޮޑު އެއްކޮލެޖެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.