ބަރުދަން ލުއި ކުރުމަކީ އަސްލު އެހާ އުނދަގޫ ކަމެއް ނޫނެވެ. އެކަމަށް ބޭނުންވަނީ ކުޑަކުޑަ ހިއްވަރަކާއި ކެރުމެވެ.
އެގޮތުން އެންމެ ފުރަތަމަ ކަމަކަށް ހެނދުނުގެ ނާސްތާ މުޅިން ތަފާތު އެއްޗަކަށް ބަދަލުކޮށްލަމާ ހިނގާށެވެ. އާއްމުކޮށް ތި ކައި އުޅޭ ރޮއްޓާއި ރިހަ ނުވަތަ ކުޅިމަހާއި ރޮށި ނަމަވެސް ކެއުން ހުއްޓާލާށެވެ. އަދި ހެނދުނުގެ ނާސްތާ، “ހައި ޕްރޮޓީން” ކެއުމަކަށް ބަދަލުކޮށްލާށެވެ. އޭގެ ސަބަބުން މުޅި ދުވަހު ބަނޑުހައިކަން އެހާ ބޮޑަކަށް އިހުސާސެއް ނުވާނެ އެވެ.
ހަމައެހެންމެ، ހަކުރު ހުންނަ ޖޫސްތަކާއި އެނާޖީ ޑުރިންކުތައް ބުއިން މުޅިންހެން ހުއްޓާލާށެވެ. އަދި ކޮންމެ އިރަކުވެސް، ކާން ފެށުމުގެ ބައި ގަޑިއިރު ކުރިން ފެންތައްޓެއް ބޯން އާދަ ކުރާށެވެ. ހަމައެއާއެކު، ބަރުދަން ލުއި ކުރުމަށް އެހީތެރިވެދޭ މޭވާ އާއި ތަރުކާރީ އާއްމުކޮަށް ކެއުމުގައި ހިމަނާށެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.