ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސް.ޓީ.އޯ)ގެ 57 ވަނަ އަހަރީ ދުވަހާއި ދިމާކޮށް އަގުބޮޑު އިނާމްތަކާއެކު ހާއްސަ ސޭލެއް ބާއްވަން ނިންމައިފިއެވެ.
ޑިސެމްބަރ 20 ވަނަ ދުވަހަކީ އެސް.ޓީ.އޯގެ އަހަރީ ދުވަހެވެ. އެހެންކަމުން އަހަރީ ދުވަހުގެ ހާއްސަ ހަދިޔާތަކާއެކު އެސްޓީއޯ އިން ބާއްވާ އެއް ދުވަހުގެ ސޭލެއް ކަމަށާއި މި ސޭލް ބާއްވަނީ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް، އެސްޓީއޯ ސުޕަރމާޓު އަދި އެސްޓީއޯ ރީޖަނަލް ފިހާރަތަކުގައި ކަމަށް އެސް.ޓީ.އޯ އިން ހާމަކޮށްފިއެވެ.
https://twitter.com/stoplc/status/1472451344208326658?s=20
މި ސޭލްގައި އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުގައި އޭސީ ނޫން އެހެން ހުރިހާ މުދަލުން %15 އާއި ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ. އަދި ސުޕަރމާޓު ފިހާރައިން %5 ޑިސްކައުންޓް ލިބޭ އިރު، އެސްޓީއޯ ރީޖަނަލް ފިހާރަތަކާއި ހޯމްއިމްޕްރޫވްމަންޓްގެ މުދަލުން %10 ޑިސްކައުންޓް ލިބިގެންދާނެއެވެ.
ސޭލްގެ ނަސީބުވެރި ފަރާތަކަށް ހޮވޭ ފަރާތަށް އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން 20،000 ރުފިޔާގެ ވައުޗަރ އެއް ލިބިގެން ދާނެއެވެ. އަދި އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ވިޔަފާރިކުރާ ކޮންމެ 57 ވަނަ ކަސްޓަމަރަކަށް ބައްތިރީސް އިންޗި ޓީވީއެއް ލިބިގެންދާއިރު، އެސްޓީއޯ ސުޕަރމާޓުގެ ކޮންމެ 57 ވަނަ ކަސްޓަމަރެއްގެ ބިލް މުޅިން ހިލޭ ދެވޭނެއެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.