ވަށައިގެން ވާ މާހައުލުންނާއި، އުޅެންޖެހޭ ދިރިއުޅުމުގެ ގޮތުން ނުވަތަ މަސައްކަތް ކުރާ ދާއިރާއެއްގެ ގޮތުން ވަރަށް ކުދި މައުލޫމާތު ތަކެއް ނޭނގި ހުރެއެވެ. ދިރިއުޅުމުގެ ކަމަކަށް މުހިންމު ނުވާތީ މައުލޫމާތު ހޯދަންވެސް މަސައްކަތް ނުކުރެވެއެވެ. އެކަމަކު ތިމާގެ މައުލޫމާތު މުއްސަނދި ކުރުމަށް ނުވަތަ 'ޖެނެރަލް ނޮލެޖް" އިތުރު ކުރުމަށް ބައެއް މީހުން މައުލޫމާތު ހޯދައި ލިބިގަނެއެވެ. މިއީ ހުސްވަގުތު ކޮޅެއް ނަމަ، ތިރީގައިވާ ކުދި ކުދި މައުލޫމާތު ކިޔާލުން ރަނގަޅު ވާނެކަމަށް ގަބޫލު ކުރެވެއެވެ.
- ދުނިޔޭގައި އެންމެ އާންމު އަދި އެންމެ ގިނަ މީހުން 3 ބަހަކީ މެންޑަރިން ޗައިނީޒް، ސްޕެނިޝް އަދި އިނގިރޭސި ބަހެވެ.
- ލުނބޯ އަކީ ސްޓްރޯބެރީ އަށްވުރެ ގިނައިން ހަކުރު އެކުލެވޭ އެއްޗެއް
- އާންމު މީހެއް ނިދެން ނަގާނީ 7 މިނެޓެވެ.
- ބުޅަލުގެ ކޮންމެ ކަންފަތެއްގައި 33 މަސް ހުރެއެވެ.
- ދުނިޔޭގެ އެންމެ ގިނަ މީހުން ކުޅޭ ބޯޑު ގޭމަކީ "މޮނަޕޮލީ" އެވެ.
- އިންސާނުންނަށް ވުރެ ދުނިޔޭގައި ކުކުޅު ގިނައެވެ.
- ދުވާލެއްގެ މައްޗަށް 1 ލީޓަރުގެ ކުޅު އަނގައި އުފައްދައެވެ.
- ދުނިޔޭގައި ކަރުދާސް ފައިސާ އެންމެ ފުރަތަމަ އުފައްދާ ބޭނުންކުރީ ޗައިނާއިންނެވެ.
- ހަނޑުލުގެ ބާވަތް ތަކުގެ އަދަދު 15 ހާހަށްވުރެ ގިނައެވެ.
- ދުވާލެއްގެ މައްޗަށް 5.4 ބިލިއަން ފަހަރު " ގޫގަލް ސާޗް" ކުރެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.