1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ވިޔަފާރި

މުޅި އަތޮޅަށް ހުޅުވާލައިގެން ޑީއެމްއެން ރޯދަ ބޮޑު ސޭލަށް ތައްޔާރު ވާން ފަށައިފި

viber_image_2022-02-17_22-38-59-690
މުހައްމަދު އަޚްތަރު
902ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ކޮންމެ އަހަރަކުވެސް ރަމަޟާންމަހާ ދިމާކޮށް ގދ ތިނަދޫ ޑީއެމްއެންގެ ފިހާރަތަކުން ބާއްވާ ރޯދަ ސޭލް މިއަހަރުވެސް ބޭއްވުމަށް ތައްޔާރު ވެއްޖެއެވެ.

ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން ޑީއެމްއެންގެ ވެރިޔާ މުހައްމަދު ނިޔާޒް ވިދާޅުވީ މިފަހަރު ބާއްވާ ސޭލް އެހެން އަހަރުތަކަށްވުރެ ކުޑަ ތަންކޮޅެއް ލަސް ވެއްޖެ ކަމަށާއި އެހެން ނަމަވެސް ރޯދަމަސް ފެށުމުގެ ކުރިން ރަނގަޅު މުއްދަތެއް އޮއްވާ ސޭލް ފަށާނެކަމަށެވެ. އެގޮތުން އަންނަ މާޗް މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޑީއެމްއެން ބަނދަރު އަދި ޑީއެމްއެން ފަރުނިޗަރ އާއި ޑީއެމްއެން ހާޑްވެއަރގައި ރޯދަ ސޭލް ޚާއްސަ އަގުތަކާއެކު ފަށާނެ ކަމަށްވެސް ނިޔާޒް ވިދާޅުވިއެވެ.

"ރޯދައަށް ޚާއްސަ ކޮށް ހެދި ކޮންޓައިނާތައް މިހާރު ލޯޑް ކޮށް މިކޮޅަށް ގެނައުމުގެ ދަތުރު އެ ފެށީ, މިއަދު މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ޙާލަތުގެ ސަބަބުން ކުޑަކޮށް ލަސް ވެސް ވެއްޖެ. ނަމަވެސް މަރޗް 7 ގައި ސޭލް ފަށާނެ" ނިޔާޒް ވިދާޅުވިއެވެ.

300 × 250

ރޯދަ ސޭލް އާއި ބެހޭގޮތުން އިތުރަށް މައުލޫމާތު ދެއްވަމުން ނިޔާޒް ވިދާޅުވީ މިފަހަރުގެ ސޭލްގައި ވެސް އަތޮޅު ތެރެއަށް ޚާއްޞަ އިސްކަމެއް ދޭނެ ކަމަށާއި އެގޮތުން އަގު ހެޔޮކޮށް ވަރަށް ގިނަ ސާމާނު ވިއްކަން ނިންމާފައި ވާނެ ކަމަށެވެ. އަދި ޑީއެމްއެން ބަނދަރު ފިހާރައިގެ ފުރަތަމަ ފަންގިފިލާ މިފަހަރު ވެސް ސޭލަށް ޚާއްޞަ ކުރާނެކަމަށް ނިޔާޒް ވިދާޅުވިއެވެ.

ރޯދަ މަހަށް ބޭނުންވާ ބަދިގޭގެ ހުރިހާ ސާމާނެއްގެ އިތުރުން ފަރުނީޗަރަރާއި އިމާރާތް ކުރުމަށް ބޭނުންވާ ތަކެތި ވިއްކުމަށް ޑީއެމްއެން އިން ބޮޑު ސޭލަކަށް ތައްޔާރު ވަމުން ދާއިރު މިއީ ކޮންމެ ރަމަޟާންމަހަކާ ދިމާކޮށް ތިނަދޫ ގައި ކުރިޔަށް ގެންދާ ވަރަށް މުހިންމު ކަމެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ. އަދި އަތޮޅު ތެރޭގައި ދިރިއުޅޭ ރައްޔިތުންނާއި ތިނަދޫ ގައި ދިރިއުޅޭ ގިނަ ބަޔަކު މިސޭލަށް ބޮޑު އިންތިޒާރު ކުރާކަން ފާހަގަ ކުރެވެއެވެ.

ޑީއެމްއެން އަކީ ހުވަދު އަތޮޅުގައި ތަފާތު ގިނަ ދާއިރާއެއްގައި ފުޅާކޮށް ވިޔަފާރި ކުރަމުން އަންނަ މަޝްހޫރު ކުންފުންޏެކެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި