ށ. މިލަންދޫގެ މަގުހެދުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމުގައި އެމަޝްރޫއުގެ ކޮންޓްރެކްޓަރ ރޯޑް ކޯޕަރޭޝަން މޯލްޑިވްސް (އާރްޑީސީ) އިން ވިދާޅުވެއްޖެއެވެ.
އާރްޑީސީއިން ވިދާޅުވީ މިލަންދޫ މަގުހެދުމުގެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށް ދަނީ ރޯޝަނީމަގުގެ ފެން ހިންދާ ނިޒާމަށް ބޭނުންވާ ސެޓްލްމަންޓް ޓޭންކް ވަޅުލުމުގެ މަސައްކަތް ކަމަށެވެ.
ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން މިލަންދޫގެ 08 މަގެއް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް އާރްޑީސީއާ ހަވާލުކޮށްފައިވަނީ 12 މާރިޗު 2021 ގައެވެ. މި މަޝްރޫއުގެ ދަށުން ފެންހިންދާ ނިޒާމުގެ އިތުރުން މަގު ބައްތި ހަރުކުރުމާއި މަގުބައްތިއަށް ބޭނުންވާ ކަރަންޓު ކޭބަލް އެޅުންވެސް ހިމެނެއެެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.