1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
މަޢުލޫމާތު

ހަނގު އުމުރުގައި އޯޓިޒަމް ސްކްރީންކުރެވޭ ޓޫލްއެއް

Autism kid1
ފޮޓޯ ސޯޝަލް މީޑިޔާ
ނަޞްރުﷲ އަފީފް
712ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އޮސްޓްރޭލިއާގެ މެލްބަންގައި ހުންނަ ލަ ޓްރޯބް ޔުނިވާސިޓީން، 13500 ކުދިން ބޭނުންކޮށްގެން، ރިސާޗަރުން ފަސް އަހަރު ދުވަހުގެ މުއްދަތަށް ކުރި ދިރާސާއެއްގައި އެމީހުން ތައްޔާރުކޮށްފައިވާ، ހަނގު އުމުރުގައި އޯޓިޒަމް ސްކްރީން ކުރެވޭ ޓޫލްއެއް ވަނީ ޓެސްޓްކޮށްފަ އެވެ. އެ ޓީމުން ހޯދި ހޯދުންތަކުން އެނގުނު ގޮތުގައި 12 މަހާއި 24 މަހާ ދެމެދުގެ ކުދިންގެ ތެރެއިން އެމީހުންގެ އޯޓިޒަމް ސްކްރީނިން ޓޫލް އިން، އޯޓިޒަމް ކުރިމަތިވެދާނެކަމަށް އަންދާޒާ ކުރި ކުދިންގެ ތެރެއިން 83 އިންސައްތަ ކުދިންނަށް ފަހުން އޯޓިޒަމް ޖެހިފައިވާކަން ދެނެގަނެވުނެވެ. އެއީ މިހާރު ގެ ސްޓޭންޑަޑް ޓެސްޓުތަކަށް ވުރެ ގާތްގަނޑަކަށް ހަތަރު އަހަރު ކުރިން ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ. އަދި އޯޓިޒަމް ކުރިން ޑައިގްނޯސް ކުރެވިއްޖެނަމަ، އެކުދިންނަށް ދިރިއުޅުމުން ނެރެވޭ ނަތީއްޖާ ބޮޑުތަނުން ރަނގަޅު ކުރެވިދާނެކަމަށް މިޓީމުން ދެކެއެވެ. މިޓީމްގެ ލީޑް ރިސާޗަރު ކަމުގައިވާ ޖޯސެފީން ބާބަރޯ ހާމަކޮށްފައިވާ ގޮތުގައި، "ޅައުމުރުގައި އޮޓިޒަމް ހުންނަކަން ދެނެގަނެވުނު ކުދިން ސްކޫލް އުމުރުގައި ރަނގަޅަށް އަނގަބަހުން ވާހަކަ ދައްކަން ދަސްވެ، ޖުމުލަކޮށް ކިޔެވުމުގެ ހުނަރު ރަނގަޅު ކަމުގައި ދައްކައެވެ. އަދި މީގެތެރެއިން ގިނަކުދިން މެއިންސްޓްރީމް ސްކޫލްތަކަށް ދިއުމުގެ ފުރުސަތު ބޮޑުވެފައިވާކަން ފާހަގަކުރެވިފައިވެއެވެ. މިކުދިންނަށް ފަހުން ޑައިގްނޯސް ކުރެވުނު ކުދިންނަށް ވުރެ އެހީތެރިކަން ބޭނުންވާ މިންވަރު މަދެވެ." އޯޓިޒަމް އަކީ ބައްޔެއް ނުވަތަ ސިއްހީ މައްސަލައެއްގެ ގޮތުގައި ނުބެލެވޭ އިރު، މިއީ ރަނގަޅު ކުރަން ޖެހޭ ބައްޔެއް ނޫނެވެ. އޮޓިޒަމްއަކީ ކުރިމަތިވެފައިވާ މީހެއްގެ އެއްބައި ކަމަށާއި އެއީ އެމީހަކާއިއެކު މުޅި ދިރިއުޅުން ދެމި އޮންނަ ކަމަކެވެ. އެހެން ނަމަވެސް އޯޓިޒަމް ހުންނަ މީހުން މީހުންނާ މުއާމަލާތްކޮށް މުއާމަލާތްކޮށް ނުވަތަ ގަދަ އަލިތައް ނުވަތަ އަޑުގަދަކުރާ ފަދަ ސެންސަރީ ޓްރިގަރތަކަށް އިޖާބަދީ މާޔޫސްވުމެއް ނެތި އުނދަގޫވުމަކީ އުނދަގޫ ކަމަކަށް ވެދާނެ އެވެ.

ޑައިގްނޯސް ޓޫލް 8 ބަހަކަށް ތަރުޖަމާކޮށްފި

300 × 250

އެމް-ޗެޓް (އޯޓިޒަމް އަށް މޮޑިފައިޑް ޗެކްލިސްޓް އިން ޓޮޑްލަރސް) ފަދަ މިހާރުގެ ޓެސްޓްތަކުން އޯޓިޒަމް އަށް ޑައިގްނޯސް ކުރެވޭ އުމުރަކީ 4 އަހަރާއި 6 އަހަރާ ދެމެދުގެ ކުދިންނެވެ. އެސްއޭސީއެސް (ސޯޝަލް އެޓެންޝަން އެންޑް ކޮމިއުނިކޭޝަން ސާވޭލަންސް) ގެ ނަމުން މަޝްހޫރުވެފައިވާ މި އާ ޓޫލްގައި ދެ ބައެއް އެކުލެވިގެންވެއެވެ. އެއީ އެސްއޭސީއެސް-ރިވައިޒްޑް އަދި ސާކްސް-ޕްރީސްކޫލް އެވެ. ޕްރީސްކޫލް އުމުރުގެ ކުދިންނާ ބެހޭ އާ ޓޫލްއާއެކު އެމް-ޗެޓް ބޭނުންކުރިއިރު، އޯޓިޒަމް ސްޕެކްޓްރަމްގައި ހިމެނޭ ކުދިންގެ ތެރެއިން %96 އިންސައްތަ ކުދިން ނަކީ އެކުދިންގެ އުމުރުން 3 އަހަރު ބައިން، ހެލްތު ޗެކްއިން ދެނެގަނެވިފައިވާ ކުދިންނެވެ. ސާކްސް ޓޫލް 8 ބަހަކަށް ތަރުޖަމާކުރެވި 11 ޤައުމެއްގައި ބޭނުންކުރެވިފައިވެއެވެ. އެއީ ބަންގްލަދޭޝް، ޗައިނާ، އިޓަލީ، ޖަޕާން، ނޭޕާލް، ނިއުޒީލެންޑް، ޕޮލެންޑް، ސިންގަޕޫރު، ދެކުނު ކޮރެއާ، ސްޕެއިން އަދި އިނގިރޭސިވިލާތް އެވެ.

ޑައިގްނޯސް ކުރުމަކީ އުނދަގޫ ކަމެއް

ލަ ޓްރޯބްގެ އޮލްގާ ޓެނިސްއޮން އޯޓިޒަމް ރިސާޗް ސެންޓަރުގައި ދިރިއުޅެމުން އަންނަ ބަރްބަރޯ ބޭނުންވަނީ މި ޓޫލް މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި ބޭނުން ކުރެވޭތޯ ބެލުމަށެވެ. ބަރްބަރޯ ވިދާޅުވެފައިވާ ގޮތުގައި، މިއީ ވަރަށް އެފެކްޓިވް ޓޫލް އެކެވެ. ތަމްރީނު ލިބިފައިވާ ޕްރައިމަރީ ހެލްތު ޕްރޮފެޝަނަލެއްގެ އަތްމައްޗަށް ގެނައުމަކީ، އެމީހުންގެ ރޫޓީން ހެލްތު ޗެކަޕްތަކުގެ ތެރޭގައި ވެސް އޯޓިޒަމް އަށް ސްކްރީން ކުރެވި ކުރީކޮޅު ބަލި ދެނެގަނެވި، ވަރަށް ބޮޑު ތަފާތެއް ގެނެސްދޭނެ ކަމެއްވެސް މެއެވެ. އެމެރިކާގެ ސެންޓާސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަނުން ބުނެފައިވާ ގޮތުން، ދިރިއުޅުމުގައި ފަހުން އޯޓިޒަމް އަށް ޑައިގްނޯސް ކުރުމަކީ އުނދަގޫ ކަމަކަށް ވުން އެކަށީގެންވެއެވެ. އޯޓިޒަމް އަށް ޑައިގްނޯސް ކުރުން އުނދަގޫވަނީ ލޭގެ ޓެސްޓެއް ފަދަ މެޑިކަލް ޓެސްޓެއް ޑައިގްނޯސްކުރުމަށް ނެތިފައި ވުމެވެ. އޯޓިޒަމް ޑައިގްނޯސް ކުރުމަށް ޑޮކްޓަރުން ބަލަނީ ކުއްޖާގެ ހެދިބޮޑުވުމާއި، އެކުދިންގެ އުޅުމަށް ބޮޑުވަމުން އަންނަވަރަކުން އަންނަ ކަންތައްތަކެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި