ގދ ތިނަދޫގައި ދާދި ފަހުން ހުޅުވި ރެސްޓޯރެންޓެއް ކަމުގައިވާ ސޯލްޓްވިއުގެ ފަރާތުން ތިނަދޫގައި ދުއްވާ ސްޕީޑު ލޯންޗް ފަހަރުގެ ކެޕްޓަނުންނަށް މާލިމީ ކާޑުގެ ނަމުގައި ޚާއްސަ ޑިސްކައުންޓް ކާޑެއް ތަޢާރަފްކޮށްފިއެވެ. ލޯންޗް ކެޕްޓަނުންނަށް ދެވޭ ތަފާތު ހަދިޔާއެއްގެ ގޮތުގައި ކާޑް ތައާރަފް ކުރީ އެކަމަށްޓަކާ ސޯލްޓްވިއު ގައި އިއްޔެރޭ ބޭއްވި ޚާއްސަ ޙަފްލާ އެއްގައެވެ. މާލިމީ ކާޑު ތައާރަފް ކުރުމަށް ބޭއްވި ޙަފްލާއަށް ފަހު ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން އެ ރެސްޓޯރެންޓްގެ ސީނިއަރ އެގްޒެކެޓިވް މެނޭޖަރ ޙުސައިން ފަޔާޒް ވިދާޅުވީ މި ކާޑްގެ ބޭނުމަކީ ހުވަދު އަތޮޅުގެ ރަށްތަކަށް ދަތުރުކުރާ ތިނަދޫ ގެ ލޯންޗް ކެޕްޓަނުން ދަތުރު ފެށުމާއި ދަތުރު ނިންމާފައި އެނބުރި ރަށަށް އައިސް ރެސްޓޯރެންޓުގައި ކޮފީ ބޯން ތިބޭ ތިބުމުގައި ކުރާ ހޭދައަށް ލުޔެއް ދިނުން ކަމަށެވެ. އެގޮތުން ސޯލްޓްވިއު އިން ބޯ ކޮފީ އަށް އަގެއް ނުނަގާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ސޯލްޓްވިއު ރެސްޓޯރެންޓެ މި އިންނަނީ ފަސޭހައިން ބަނދަރުމަތި ފެންނަ ވިއުއެއްގަ. އެހެންވީމާ އެއީ އެ މީހުންނަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. ކާޑު ދައްކާފަ ކޮފީ ބޯން ތިބެފައި ދަތުރު ދާންވީ. ކޮފީ އަކަށް އަގެއް ނުނަގާނެ" - ފަޔާޒް
ސޯލްޓްވިއުގެ މާލިމީ ކާޑު ތައާރަފު ކުރުމާއެކު އިއްޔެ ރޭ ވަނީ ބައެއް ކެޕްޓަނުންނާއި ކާޑު ޙަވާލުކޮށްފައެވެ. އަދި މިހާރު ވަނީ މާލިމީ ކާޑުގެ ބޭނުން ކުރަން ފަށާފައެވެ. ސޯލްޓްވިއު ރެސްޓޯރެންޓަކީ އެކި އުމުރުގެ ބޭފުޅުންނަށް ތަފާތު މާހައުލަކުން ޚިދުމަތް ލިބޭނެ ހެން ރޫފްޓޮޕް އަކާއިއެކު 3 ފަންގިފިލާއަކަށް ހަދާފައިވާ ހިތްގައިމު ތަނެކެވެ. އެތަނުން ދޭ ޚާއްޞަ ކެއުން ތަކުގެ ތެރޭގައި އިންޑިއަން ފުޑް ހިމެނޭއިރު އެ ރެސްޓޯރެންޓް މަޝްހޫރު ވަމުން އަންނަނީ ތަފާތު ރަހަތަކުގެ އައިސް ކްރީމް ލިބޭ ތަނެއްގެ ގޮތުގައިކަން ފާހަގަ ކުރެވެއެވެ.







ޚިޔާލު (1)
ތިރެސްޓޯރަންޓަކީ އސްލުވެސް ވަރައް ހިންގައިމު ރެސްޓޯރެންޓެއް އައިލަވް ހަމަގައިމުވެސް