1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ވިޔަފާރި

ރިސޯޓު ތަރައްގީ ކުރުމަށް ހުވަދު އަތޮޅުގެ 3 ރަށެއް ހިމެނޭހެން 9 ރަށަކަށް 18 ބީލަން 

Resort Dev
ސާއި ޢަލީ
1,130ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރިސޯޓު ތަރައްގީ ކުރުމަށް މިދިޔަ އަހަރުގެ ތެރޭގައި ބީލަމަށް ހުޅުވާލި 18 ރަށުގެ ތެރެއިން، ހުވަދު އަތޮޅުގެ 3 ރަށެއް ހިމެނޭހެން 9 ރަށަކަށް 18 ބީލަން ހުށަހަޅާފައިވާ ކަމަށް ޓުއަރިޒަމް މިނިސްޓްރީއިން ވިދާޅުވެއްޖެއެވެ.

އެގޮތުން ރާއްޖޭގެ 10 އަތޮޅަކުން ކަނޑައަޅާފައިވާ 18 ރަށަކަށް ބީލަން ހުށައެޅުމުގެ ފުރުސަތު ހުޅުވާފައިވަނީ ދުބާއީ އެކްސްޕޯގެ ތެރެއިން ރާއްޖެއިން ބޭއްވި އިންވެސްޓްމެންޓް ފޯރަމްގައެވެ. އޭގެތެރޭގައި ގިނައީ ކުރިން ބީލަމަށް ހުޅުވާލައިގެން ނުވިކުނު ރަށްތަކެވެ.

އިއުލާނުކޮށްފައިވާ ރަށްތަކުގެ ތެރެއިން ލ، ގއ، އަދި ގދ، އަތޮޅުގެ ރަށްތަކަށް ބިޑު ހުށަހެޅުމުގެ ފުރުސަތު ހަމަވެފައިވަނީ މާޗު މަހުގެ 23 ވަނަ ދުވަހަށެވެ. އެހެނިހެން އަތޮޅުތަކުގެ ރަށްރަށުގެ ބިޑު ހުށަހެޅުމުގެ މުއްދަތު ހަމަވާނީ މާޗު މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށެވެ.

300 × 250

ޓޫރިޒަމް މިނިސްޓްރީން ބުނީ ހުޅުވާލި ރަށްތަކުގެ ތެރެއިން 9 ރަށަކަށް 18 ފަރާތުން ބީލަން ހުށައަޅާފައިވާ ކަމަށެވެ. އެގޮތުން ބީލަން ހުށައަޅާފައިވާ ރަށްތަކަކީ ހއ. އަތޮޅުން 2 ރަށަކަށާއި، މ. އަތޮޅުން ރަށަކަށާއި، ފ.އަތޮޅުން 2 ރަށަކަށާއި، ގއ. އަތޮޅުން ރަށަކަށް، ގދ. އަތޮޅުން 2 ރަށުގެ އިތުރުން ތ. އަތޮޅުން ރަށެކެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ އުއްމީދުކުރި ވަރަށްވުރެ ރަނގަޅު އެކުއިޒިޝަން އަގުތަކެއް ހުށަހަޅާފައިވާ ކަމަށެވެ. އަދި ދެން ކުރިއަށްދާނީ ބީލަންތައް އިވެލުއޭޓުކުރުމުގެ މަސައްކަތްތައްކަމަށްވެސް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.

ރާއްޖޭގައި ގިނަ ޢަދަދެއްގެ ރިސޯޓްތައް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، އިންވެސްޓުކުރާ ގިނަ ފަރާތްތަކަށް އެކި ގޮންޖެހުންތައް ދިމާވެފައިވާކަން ވަނީ ފާހަގަކުރެވިފައެވެ. އަދި މިއިންވެސްޓްމަންޓުތައް މެދުކެނޑުމެއްނެތި ކުރިއަށްގެންގޮސް ނިންމުމަށް ސަރުކާރުން ފޯރުކޮށްދެވެން ހުރި އެހީތައް ފޯރުކޮށްދިނުމަކީ މުހިންމު ކަމެއްކަމުގައި ސަރުކާރުން ޤަބޫލުކުރައްވައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި