ގދ ތިނަދޫގައި، ހޮޓާ ރެސްޓޯރަންޓް ފަދަ ތަންތަނުގައި ކޮފީ ބުއިމަށް ބޭނުންކުރާ ހަކުރު ޕެކެޓް ބަންދުކޮށް ހޯލްސޭލްކޮށް ވިއްކަން ފަށައިފިއެެވެ.
"ވައިޓް ޝުގަރ" އިން ތިނަދޫގައި ހަކުރު ޕެކެޓް ބަންދުކޮށް ހޯލްސޭލްކޮށް ވިއްކުމާއި ބެހޭ ގޮތުން ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން އެފިހާރައިގެ ވެރިޔާ އިސްމާއީލް ވިދާޅުވީ، މާލެއިން ގެނެސްގެން ހޮޓާ ރެސްޓޯރަންޓްތަކުގައި ބޭނުންކުރާ ހަކުރު ޕެކެޓް މިހާރު މާލެއިން ލިބޭ އަގުގައި އެފިހާރައިން ލިބެން ހުންނާނެ ކަމަށެވެ.
އިސްމާއީލް އިތުރަށް ވިދާޅުވީ، ތިނަދޫގެ އިތުރުން ހުވަދު އަތޮޅުގެ ހުރިހާ ރަށްތަކަށް ބޭނުންވާ ވަރަށް، އެއްވެސް ދަތިކަމެއްނެތި ހަކުރު ޕެކެޓު ބަންދުކުރެވޭނެ ކެޕޭސިޓީ ހުރި ކަމަށާއި، އަތޮޅުތަކުން ވައިޓް ޝުގަރ ޕެކެޓް ގަންނަން ބޭނުންވާ ފަރާތްތަކަށް ފެރީއާއި ހަމައަށް ޑެލިވަރީ ކޮށްދެވޭނެ ކަމަށެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.