ދުވާލުގެ، ކުޑަވަގުތުކޮޅަށް ޕްރީ ސްކޫލް އުމުރުގެ ކުޑަ ކުދިން ނިންދެވުމުން، އެކުދިންގެ ލިޔަންކިޔަން ދަސްކުރުމުގެ ހުނަރަށް ބޮޑުކުރިއެރުމެއް ލިބިގެންދާކަން ދިރާސާގެ އަލީގައި ހާމަވެގެން ގޮސްފައިވެއެވެ.
މެކުއަރީ ޔުނިވާސިޓީގެ ސްކޫލް އޮފް އެޑިއުކޭޝަންގެ ލެކްޗަރާ ހުއާ-ޗެން ވަންގް ވިދާޅުވި ގޮތުގައި ލެޓާ- ސައުންޑް މެޕިންތައް ކުދިންނަށް ދަސްކުރުމުގައި، އަދި ވަކިން ހާއްސަކޮށް، އެ އިލްމު ބޭނުންކޮށްގެން، ނުދަންނަ ބަސްތައް ކިޔަން ދަސްކުރުމުގައި ކުޑަވަގުތުކޮޅަކަށް ކުދިން ނިންދަވާލަން ފުރުޞަތު ދިނުމުން، ކުދިންގެ ދަސްކުރުމުގެ ހުނަރަށް ވަރަށް ބޮޑު ކުރި އެރުމެއް ލިބިފައިވާކަން ފާހަގަކުރެވިފައި ވާކަމަށެވެ.
ނިދުމާއި، މެމޮރީ ނުވަތަ ހަނދާނުގެ ބައި ސިކުނޑީގައި ތަރައްޤީވެ ކުރިއެރުމާއި، ލިޔަންކިޔަން ދަނެގަތުމުގެ ހުނަރާއި ހުރި ގުޅުމާ ބެހޭ ގޮތުން މާ ބޮޑު ދިރާސާއެއް މީގެ ކުރިން ކުރެވިފައި ނުވެއެވެ. ޕްރީސްކޫލް ކުދިންނަށް އަކުރުތައް ދަސްކުރުމުގައި ދުވާލުގެ ވަގުތުތަކުގައި އިރުކޮޅަކު ނިދާލުމަކީ އެކުދިންނަށް ފައިދާހުރި ކަމަކަށް ވެދާނެކަމުގެ ހެކި ފުރަތަމަފަހަރަށް އާ ދިރާސާއަކުން ވަނީ ފޯރުކޮށްދީފައެވެ. މި ދިރާސާގެ ހޯދުންތައް ޝާއިއުކޮށްފައި ވަނީ 'ޗައިލްޑް ޑިވެލޮޕްމަންޓް' ޖާނަލްގައެވެ.
އޮސްޓްރޭލިއާގެ މެކްކުއަރީ ޔުނިވާސިޓީ އާއި ޔުނިވާސިޓީ އޮފް އޮކްސްފޯޑް އާއި ޔުނިވާސިޓީ އޮފް ޔޯކް އަދި ޝެފީލްޑް ޔުނިވާސިޓީގެ އިލްމުވެރިން ޝާމިލްވެގެން ކުރިޔަށް ގެންދިޔަ މި ދިރާސާގައި ބަލާފައި ވަނީ ޕްރީސްކޫލް ކުދިން އަކުރު ދަސްކުރުމުގެ ގާބިލްކަމަށް ދުވާލު ގަޑީގައި އިރުކޮޅަކަށް ނިންދެވުމުން، އަސަރެއް ކުރޭތޯ އާއި އަލަށް ދަސްކުރި އިލްމު ބޭނުންކޮށްގެން ޕްރިންޓްކޮށްފައިވާ ބަސްތައް ދެނެގަތުމުގެ ގާބިލްކަން އިތުރުވޭތޯ އެވެ.
ލެކްޗަރާ ހުއާ-ޗެން ވަންގް ވިދާޅުވާ ގޮތުގައި ދަސްކުރުމަށްފަހު ކުޑައިރުކޮޅަކަށް ނިންދެވުމަކީ އާ މަސައްކަތެއްގައި އަލަށް ދަސްވާ މައުލޫމާތުގެ ބޭނުން ކުރުމުގެ ގާބިލްކަން ލިބުމަށް މަގުފަހިވެދާނެ ކަމެކެވެ. ޕްރީ ސްކޫލް އުމުރުގެ ކުދިންނަށް އަކުރު އުގަންނަން ދަސްކޮށް، މެޕްކުރަން ކުދިންނަށް އުނގަންނައިދިނުމުގައި، އަދި ވަކިން ޚާއްޞަކޮށް، އެ ޢިލްމު ބޭނުންކޮށްގެން، ނުދަންނަ ބަސްތައް ކިޔަން ދަސްކުރުމުގައި، ދިރާސާ ކުރިޔަށް ގެންދިޔަ ރިސާޗަރުންނަށް ވަރަށް ރަނގަޅަށް ކުޑަ ވަގުތު ކޮޅަކަށް ނިންދެވުމުގެ އަސަރު ފެނިގެން ގޮސްފައި ވެއެވެ.
މިދިރާސާ ކުރިޔަށް ގެންދިޔުމަށް، އޮސްޓްރޭލިއާގެ ސިޑްނީގެ ދެ ޑޭކެއާ ސެންޓަރަކުން އުމުރުން ތިން އަހަރާއި ފަސް އަހަރާ ދެމެދުގެ ޤަވާއިދުން، ދުވާލުގެ ކުޑަވަގުތުކޮޅަކު ނިންދަވާ، ތިރީސް ހަތަރުކުދިން ބައިވެރިކޮށްފައި ވާއިރު، އެ ދެ ޑޭކެއާ ސެންޓަރުތަކުން އަކުރުތަކުގެ ނަން ނުވަތަ އަޑުތައް ރަސްމީކޮށް ދަސްކޮށްދީފައެއް ނުވެ އެވެ.
މިދިރާސާގައި ބައިވެރި ކުރެވުނު ދަރިވަރުންނަށް ޑޭކެއަރ ސެންޓަރުތަކުން، ރަސްމީ ސިފައެއްގައި އަކުރު ދަސްކޮށްދިނުމުގެ މަސައްކަތް ކޮށްފައި ނުވާއިރު، އަކުރު އުނގެނުމުގައި، ދުވާލުގެ ވަގުތުކޮޅަކަށް ނިންދަވާ ކުދިން އެހެން ކުދިންނަށްވުރެ، ހުނަރުވެރިކަން އެނގިގެން ގޮސްފައި ވެއެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.