1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
މަޢުލޫމާތު

ކައިވެނީގެ ކުރިން ބަލައި ހޯދާށެވެ. ކެނޑުމުގެ ކުރިން ވަކަރަށް ޖަހާށެވެ

1BE99370-A37F-49FA-9E1F-E75AE94AC9C6
މައުމޫން އިބްރާހިމް
1,056ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ކޮންމެ މީހަކުވެސް ޒަވާޖީ ހަޔާތް ފަށައިގަންނަނީ އެމީހާގެ ބައިވެރިޔާއެކު މުޅި ހަޔާތް ހޭދަކުރުމުގެ ފޮނި އުއްމީދާއި ހުވަފެންތަކާއި އެކީގައެވެ. އެތަށް ދުވަހަކު ލޯބިވެގެން އުޅުމަށް ފަހުގައެވެ. ނަމަވެސް މި ހުވަފެންތަކާއި އުއްމީދު ފަނޑުވެ ގިނަ ކައިވެނިތަށް ރޫޅެނީއެވެ. ބައިވަރު ދަރިންތަށް ލިބުމަށް ފަހުވެސް ކައިވެނި ރޫޅެނީއެވެ.

ސަބަބަކީ ކޮބައި ހެއްޔެވެ؟ ސަބަބުތަށް ވަރަށް ގިނައެވެ. އެކަކު އަނެކަކަށް ބޭވަފާތެރި ވުމާއި އަނިޔާ ކުރުމެވެ. ޒުވާބު ކުރުމާއި އިޚްތިރާމް ނުކުރުމެވެ. ދަރީން ލިބުމަށް ފަހުވެސް ތިމާގެ ދިރިއުޅުމަށް އެއްވެސް ބަދަލެއް ނުގެނެސް އިހުއުޅުނު ގޮތަށް އުޅެން ބޭނުންވުމެވެ. ގިނަ ފަހަރަށް ކައިވެނިތަކުގައި މައްސަލަ ޖެހެނީ ދަރިން ލިބުމަށްފަހުއެވެ. ބައެއް އަނބިންގެ ޝަކުވާއަކީ ދަރިން ލިބުމަށްފަހު ފިރިންގެ ފަރާތުން އަޅާލުން ނުލިބުމެވެ. ކިތަންމެ ވަރަކަށް ދަރީންގެ ކަންތަކުގައި އަދި ގޭތެރޭގެ ކަންތަކުގައި އަނބިމީހާއަށް އެހީވެދީ އުޅުނަސް އެކަން ބަލައި ނުގަތުމުގެ ޝަކުވާއެވެ. ހަމަމިގިތަށް ފިރިމީހާ އަނބިމީހާ ކިތަންމެ ރަނގަޅަށް ކަންތަށްކޮށް އުޅުނަސް ބަލައި ނުގަންނަ ކަމުގެ ޝަކުވާއެވެ. ފިރިމީހާ ނުވަތަ އަނބި މީހާ ދެފަރާތުގެ އާއިލާ އާއި މެދު ބާއްވަންޖެހޭ ގުޅުން ނުބާއްވާ ކަމުގެ ޝަކުވާއެވެ. ދެތެކެވެ އެއްއަތް ތެޅިއަސް އަޑެއް ނުއިވޭނެއެވެ. ދެފަރާތުންވެސް އެއްބާރުލުން ބޭނުންވާނެއެވެ. މިހެން ވުމުގެ ސަބަބުން އަނބިމީހާ ނުވަތަ ފިރިމީހާ އަށް އޭނާއަށް އޭނައަށް ދޭ ލޯއްބާއި އަޅައިލުން ނުލިބޭ ކަމުގެ އިހުސާސް ކުރެވެން ފަށައެވެ. މިކަހަލަ ކިތަންމެ ކަމެކެވެ.

ކިތަންމެ ދަތިހާލުގަވެސް ދެފަރާތުން ލޯއްބާއި އަޅައިލުން ލިބޭކަމުގައިވާނަމަ އަދި ދެމީހުން ކުރެ މީހަކު ބޭވަފާތެރި ނުވެ އެކަކު އަނެކަކަށް އިޙްތިރާމް ކޮށްގެން އުޅޭ ކަމުގައިވާނަމަ 100% އެ ކައިވެންޏެއްމަތީ މުޅި ހަޔާތް ދެމިތިބޭނެއެވެ.

300 × 250

ކޮންމެ ދެމަފިރިއެއްގެ މެދުގައިވެސް ކުދިކުދި މައްސާލަތަށް ޖެހޭނެކަން ކަށަވަރެވެ. ނަމަވެސް ވާހަކަދެކެވި ކުދި މައްސަލަތަށް ހައްލު ކުރެވޭނެވެ. އެމައްސަލަ ތަކުގެ ވާހަކަތަށް ތިންވަނަ ފަރާތާއި ހިއްސާ ނުކުރާށެވެ. ބައެއް ފަހަރަށް މައްސަލަ ޖެހުމުން އަންހެން ކުދިން އެމީހުންގެ މަންމައާއި ވާހާކަ ހިއްސާ ކުރެއެވެ. ކިތަންމް ކުޑަކަމަކަށްވިއަސްވެސް މެއެވެ. މިއީ ހެދޭ ވަރަށް ބޮޑު ގޯހެކެވެ. ފުރަތަމަ ކަމަކަށް އެކަން ހައްލު ކުރާނީ ތިޔަ ދެމަފިރިންނެވެ. އެންމެ މުހިއްމު ކަމަކީ ވާހަކަ ދެއްކުމެވެ. މައްސަލަ ޖެހުމެއްފަހުވެސް ދެމީހުންކުރެ އެކަކު އިސްނަގައި ވާހަކަ ދައްކަންވާނެއެވެ. ވާހަކަ ދައްކަން ފެށުމުން އޭނާއަށް ވާހާކަ ދައްކަން ފުރުސަތުދީ އަޑު އެހުމުން މައްސަލާ ހައްލުވާނެއެވެ.

އެމެރިކާގެ މަޝްހޫރު މުފައްކިރެއް ކަމުގައިވާ ބެންޖަމިން ފުރޭންކްލިން ވިދާޅުވެފައިވެއެވެ" ކައިވެނީގެ ކުރިން ތިބާގެ ލޯ ތަންމިނަށް ހުޅުވާފައި ބަހައްޓާށެވެ. އެކަމަކު ކައިވެނީގެ ފަހުން ދެބައިކުޅަ އެއްބަޔަށް މަރާލައިގެން ހުންނާށެވެ. "

ތެދެކެވެ. ކައިވެނީގެ ކުރިން އޮތީ ބަލައި ހޯދުމެވެ. ކައިވެނީގެ ކުރިން ތިމާގެ ހަޔާތުގެ ބައިވެރިއަކަށްވާން އުޅޭ މީހާ އާއި ބެހޭގޮތުން ފުރިހަމަ މައުލޫމާތު ހޯދާށެވެ. ކައިވެނީގެ ފަހުން މެދުވެރިވާ ކަންތައްތަކަށް ކެތްތެރިވާށެވެ. ކައިވެނީގެ ފަހުން ގުޅުން ކެނޑިޔަނުދީ ދަމަހައްޓާށެވެ. ކައިވެނީގެ ފަހުން ބަލަންވާނީ ތިމާގެ ބައިވެރިޔާގެ ރަނގަޅު ސިފަތަކަށެވެ. އޭނާގެ އުނިސިފަތަކަށް ބަލައިގެން ގުޅުން ކުރިޔަކަށް ނުގެންދެވޭނެއެވެ.

އެއްވެސް މީހަކަށް އަނެކާގެ ހިތް އެއްމެފުރިހަމަށް ހިތްހަމަ ނުޖެއްސޭނެއެވެ. ކޮންމެ އިންސާނެއްގެ ވެސް އުނިސިފަތަކެއް ހުންނާނެއެވެ. އެހެންކަމުން އުނި ސިފަތަށް ފާހަގަކޮށް އެކަމާއި ޝަކުވާ ކުރާނަމަ ދެފަރާތުގެ މެދުގައި މައްސަލަޖެހި އެންމެފަހުން ކައިވެނި ރޫޅެނީއެވެ. ކައިވެނި ރޫޅުމަށްފަހު ދެން އުފެދޭ ގުޅުމުންވެސް އުނިސިފަތަށް ފެނި އެގުޅުންވެސް ކެނޑިދަނީއެވެ. އެހެންކަމުން ވާހަކަ ދައްކައި މައްސަލަ ހައްލުކޮށް އެކުގައި ދިރިއުޅުމަށް ބަދެވުނު ކަމަރު ބާރުކޮށްލާށެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި