1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ވިޔަފާރި

ސްޓީލް ހާރޑްވެއަރގެ ޝެރާ ގްރޫވް ބޯޑު: ނުހިފާ، ނުކުރާ، ނާޅާ، ފައްކާ، ސަޅި!

shera-deco-board-cassiano
ޝެރާ ގްރޫވް ބޯޑް ބޭނުން ކޮށްފައިވާ ފާރެއް
މުހައްމަދު އަޚްތަރު
940ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ދިވެހިރާއްޖޭގެ މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅި އަކީ ފަހުގެ ޒަމާނާ ނުވަތަ މޮޑަރން ލައިފް ސްޓްއިލް އާއި ވަރަށް ގުޅިފައިވާ ކަމެކެވެ. އެވަގުތަކު ރާއްޖޭގެ ބާޒާރުން ލިބޭ އެންމެ ފަހުގެ ތަކެތި ބޭނުން ކޮށްގެން ގެދޮރު އިމާރާތް ކުރުމަށް ލޯބި ކުރާ ބައެކެވެ. ރާއްޖޭގެ އުތުރާ ދެކުނުގެ ކޮންމެ ދިމާލަކަށް ނަޒަރު ހިންގާލިޔަސް މި ދެންނެވި ޙަޤީޤަތް ފެންނާނެ ކަން ކަށަވަރެވެ. ރިސޯޓް ތަކާއި ކަނޑުމަތީ ބޮޑެތި އުޅަނދު ތަކަށް ބަލާލިޔަސް އެކަން ވަރަށް ރަގަޅަށް ހާމަ ވެގެން ދެއެވެ. 

ރާއްޖޭގައި ނަން މަޝްހޫރު ވަމުން އަންނަ ސްޓީލް ހާޑްވެއަރ އިން ރާއްޖެ އެތެރެ ކޮށް މިހާރު ބާޒާރަށް ނެރެ ވިއްކަމުންދާ ޝެރާ ބޯޑް ގެ "ގްރޫވް" އަކީ އިސްވެ ދެންނެވި ބީދައިން ދިވެހިންނަށް ވަރަށް ކަމުދާނެ އާލާތެކެވެ. ދިވެހި މާހައުލާ ގުޅޭ ރީތި އަދި ކޮލިޓީ މެޓީރިއަލެކެވެ.

ކޮންސްޓަރަކްޝަން އިންޑަސްޓްރީ ގައި މިހާރު ބޭނުން ކުރަން ފަށާފައިވާ "ގްރޫވް"އަކީ އެވެ ޝެރާބޯޑު ގެޑިޒައިން ހިމެނޭ ބޯޑެކެވެ.ފިނިޝިން އާއި އިންޓީރިއާ ޑިޒައިނިންއަށް ހާއްސަ ބޯޑެކެވެ. ފްލޯރިން އާއި ސީލިންގް އަދި އެތެރެ އާއި ބޭރުގެ ފާރުގައި ވެސް ބޭނުން ކުރެވޭނެ ބޯޑެކެވެ. އަދި ކިއެއްތަ މި ބޯޑަކީ އަލިފާން ނުހިފާ، ކަތުރުފަނި ނާޅާ ޓާމައިޓް ފްރީ ބޯޑެކެވެ.

300 × 250

Wallet (9)

އަދި އޮރިޖިނަލް ޝެރާ ބޯޑުގެ ހުރިހާ ފީޗާއެއް ޝެރާ ގްރޫވް ބޯޑުގައި ވެސް ހިމެނޭނެ އެވެ. ނަމަވެސް ތަފާތަކީ އަލަށް ތައާރަފް ކުރި ބްރޭންޑުގައި ޑިޒައިން ހުރުމެވެ. 

ސްޓީލް ހާޑްވެއާއިން ބުނީ ގްރޫވް ބޯޑުގައި ޑިޒައިން ހުރި ނަމަވެސް ކަސްޓަމަރުން ބޭނުން ވައްތަރެއްގެ ކުލައެއް ބޭނުންކޮށް ކަސްޓައިމައިޒް ކުރެވޭނެ ކަމަށާއި މި ބޯޑު ގައި ބޭނުން ވައްތަރެއްގެ ވާނިޝެއް ކުރެވޭނެ ކަމަށެވެ .

ލަކުޑީގެ ޓެކްސްޗާ އާއި ފީލް ހުންނަ ގްރޫވް ބޯޑަކީ ރިސޯޓުތަކަށް ހާއްސަކޮށް ތައާރަފް ކުރި ޕްރޮޑަކްޓެކެވެ.

ތައިލެންޑުގެ އުފެއްދުމެއް ކަމަށް ވާ ޝެރާ ބޯޑަކީ ރާއްޖޭގެ ގިނަ ބަޔަކު މިހާރު ބޭނުން ކުރާ އެއްޗެކެވެ އަދި މިއީ ސްޓީލް ހާޑްވެއާއިން ވިއްކަމުންދާ އެންމެ މަގުބޫލު އެއް ޕްރޮޑަކްޓެކެވެ. ޝެރާ "ގްރޫވް" ބޯޑު މިހާރު ސްޓީލް ހާޑްވެއާއިން ގަންނަން ލިބޭނެ އެވެ.  ފޯން :3341512









300 × 250

ޚިޔާލު (1)

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

  • ހުދުހުދު

    ބަސް ފޮތުގައި ސަޅި ރީތީގެ މާނާގައި އޮތަސް ޒަމާނުއްސުރެ އެބަހަކީ ޙަޤީޤަތެއްނެތް ދޮގު ވާހަކަ އިން ފޮނިކެނޑުމަށް ބޭނުންކުރާ ބަހެއް..ފަންގިފިލާއަށް ބުރި ކިޔައިގެންވެސް ލިޔަނީތާ....!

ގުޅުންހުރި