1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ވިޔަފާރި

އޮމާން އެއަރގެ ދަތުރުތައް މިމަހު ރާއްޖެއަށް ފަށަނީ

Oman air
ހުވަދޫ ނިއުސް ޓީމް
316ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މިއަހަރުގެ ފިނި މޫސުމާއި ދިމާކޮށް އޮމާން އެއަރގެ ދަތުރުތައް ރާއްޖެއަށް ފަށަން ތައްޔާރުވެއްޖެއެވެ.

އޮމާން އެއަރއިން ބުނީ އެއެއަރލައިނުން ރާއްޖެއަށް ކުރާ މިދަތުރުތައް އޮންނާނީ މިމަހުގެ 24 ވަނަ ދުވަހުން ފެށިގެންކަމަށެވެ. މި ދަތުރުތައް އޮންނާނީ ހަފްތާގެ 4 ދުވަހުއެވެ.

މި ދަތުރުތައް ކުރާނީ އޮމާންގެ ވެރިރަށް މަސްކަޓުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށެވެ. މިދަތުރުތަކުގެ އަގު އުޅެނީ މީހަކަށް 385 ޑޮލަރަށެވެ.

300 × 250

oman-air-1600-1024x576

އޮމާން އެއަރއިން ރާއްޖެއަށް އެންމެ ފުރަތަމަ ދަތުރުތައް ފަށާފައިވަނީ 2009 ވަނަ އަހަރުއެވެ. ނަމަވެސް 2016 ވަނަ އަހަރު އެދަތުރުތައް ވަނީ ހުއްޓާލާފައެވެ. އަދި 2018 ވަނަ އަހަރު އެއެއަރލައިނުން ވަނީ އަނެއްކާވެސް ރާއްޖެއަށް ދަތުރުތައް ފަށާފައެވެ. މިހާރު އެ އެއަރލައިނުން ރާއްޖެއަށް ކުރަމުންދަނީ ޗާޓަރ ދަތުރުތަކެކެވެ. އެއީ ފަތުރުވެރިން ގިނައިން އަންނަ ދުވަސްވަރަށް ބާއްވާ ދަތުރުތަކެކެވެ.

އޮމާން އެއަރގެ ދަތުރުތައް ރާއްޖެއަށް ފަށަން ތައްޔާރުވަމުން އަންނަ އިރު، މިހާރު ވެސް ރާއްޖެއަށް ބޭރުގެ 35 އެއަރލައިނަކުން އަންނަނީ ދަތުރުތަައް ބާއްވަމުންނެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި