ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމުތަކުގެ ލިސްޓުގެ 1 ވަނައަށް އަނެއްކާވެސް އިންޑިއާ އަރައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ހޯމަ ދުވަހާއި ހަމައަށް އިންޑިއާއި ރާއްޖެއަށް 100915 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިއާ އިންނެވެ. އެއީ ޖުމްލަ 100247 ފަތުރުވެރިންނެވެ. އިނގިރޭސިވިލާތުން 75956 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު ޖަރުމަނުވިލާތުން 62861 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 854409 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު %14.4 އިތުރު އަދަދެކެވެ. ރާއްޖެއަށް މިހާރު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 5242 ފަތުރުވެރިން އާދެއެވެ.