ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އާއި އެ ކުންފުނީގެ ސަބްސިޑަރީ ކުންފުނިތަކާއި މުވައްޒަފުންނާއި ހިއްސާދާރުންގެ ފަރާތުން ފަލަސްތީނުގެ ރައްޔިތުންނަށް އެހީގެ ގޮތުގައި އެއް މިލިއަން ރުފިޔާ މިއަދު ހަދިޔާކޮށްފިއެވެ.
މި ފައިސާގެ ރަމްޒީ ޗެކް އެސްޓީއޯއާއި ކުންފުނިތަކުގެ ފަރާތުން ހަވާލުކޮށްފައިވަނީ ރާއްޖޭގެ ގިނަ މީޑިއާތަކުން ގުޅިގެން ފަލަސްތީނުގެ ހައްގުގައި ކުރިއަށް ގެންދާ ހާއްސަ ޓެލެތޯން "އަހަރެމެން ފަލަސްތީނާއެކު" ޝޯގައެވެ.
އެސްޓީއޯ އާއި ގުޅިފައިވާ ކުންފުނިތަކުން މިއަދު ފަލަސްތީނަށް އެއް މިލިއަން ރުފިޔާ ދެނީ. --- ފޮޓޯ: އެސްޓީއޯ
އެސްޓީއޯއަކީ ރައްޔިތުންގެ ކުންފުންޏެއް ކަމަށާއި ރައްޔިތުންގެ ހިއްސާ އޮންނަ ޕަބްލިކް ކުންފުންޏެއް ކަން ފާހަގަކުރައްވަކުން، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު ވިދާޅުވީ އެސްޓީއޯގެ ނުވަ ސަބްސިޑަރީ ހިމެނޭ ކަމަށާއި އޭގެ ތެރޭގައި ބައެއް ސަބްސިޑަރީއަކީ އެހާ އެކްޓިވް ކުންފުނިތަކެއް ނޫން ކަމަށެވެ.
ނަމަވެސް އެފްއެސްއެމް، މޯލްޑިވް ގޭސް، އެމްއެސްއެސް، އެލައިޑް އިންޝިއުރަންސް އަދި މިފްކޯ މިއީ ވަރަށް ބޮޑަށް ހަރަކާތްތެރިވާ ކުންފުނިތައް ކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ.
ސައީދު މިއަދު ޓެލެތޯންގައި ވާހަކަ ދައްކަވަނީ. --- ފޮޓޯ: އެސްޓީއޯ
ސައީދު ވިދާޅުވީ މި ވަގުތު އެ ކުންފުންޏަށް ދެވެން އޮތް އެހީ ފޯރުކޮށްދިން އިރު، ޓެލެތޯން މެދުވެރިކޮށް ގިނަ އަދަދެއްގެ ފައިސާގެ އެހީތެރިކަން ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށް އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް ވިދާޅުވީ އެސްޓީއޯއިން އިސްނަގައިގެން މިފަދަ މުހިންމު ދަނޑިވަޅެއްގައި ގާޒާގެ ރައްޔިތުންނަށް އެހީތެރިކަމެއް ފޯރުކޮށްދިނުމަށްޓަކައި އިސްނެގުމުން އެސްޓީއޯގެ އެމްޑީއަށް އެފްއެސްމްގެ މުޅި ޓީމުން ޝުކުރު ދަންނަވާ ކަމަށެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.