ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިޔާ އެންޑް ސޭލް 2023 ފަށައިފި އެވެ.
އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި މިއަދު މެންދުރުފަހު މި ސޭލް ފައްޓަވައިދެއްވީ އެސްޓީއޯގެ ޖެނެރަލް މެނޭޖަރު މަރިޔަމް ޕަރުވީން އަބްދުލް ފައްތާހެވެ.

މި ސޭލް ކުރިއަށް ދާނީ އަންނަ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް އެސްޓީއޯއިން ބުނެ އެވެ. އެ ކުންފުނިން ބުނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި ރީޖަނަލް ފިހާރަތަކުގައި މި ސޭލް ކުރިއަށް ދާނެ ކަމަށެވެ.
އެސްޓީއޯއިން ބުނެފައިވަނީ އިޔާ އެންޑް ސޭލްގެ މުއްދަތުގައި ކަނޑައެޅިފައިވާ ބައެއް މުދަލުން 80 އިންސައްތަ އާ ހަމައަށް ޑިސްކައުންޓް ދެވޭނެ ކަމަށެވެ. އަދި ބަންޑްލް އޮފާތައްވެސް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.