ފިޔޯރީ ކައުންސިލުން ސަރުކާރުގެ ވުޒާރާތަކާ ކުންފުނިތަކާ ބައްދަލު ކުރުމަށް ކުރަމުންދާ ދަތުރުގައި އިއްޔެ ވަނީ ދަނޑުވެރިކަމަށް ސަރުކާރުން އުފައްދާފައިވާ ކުންފުނި އެގްރޯ ނޭޝަނަލް ކޯރޕަރޭޝަން ލިމިޓެޑް ގެ މެނޭޖިން ޑިރެކްޓަރ ޙުސައިން ދީދީ އާއި ބައްދަލު ކުރައްވާފައެވެ.
އެގްރޯ އޮފީހުގައި ކުރިޔަށް ދިޔަ މި ބައްދަލުވުމުގައި ކުންފުނީގެ އާ އެމްޑީ ފިޔޯރީ ދަނޑުވެރިންނަށް ކުރިމަތި ވެފައިވާ އުނދަގޫތަކާ ހިއްސާކުރިކަންބޮޑުވުންތަކާ އެ ރައްޔިތުންގެ ޝަކުވާ އަޑު އައްސަވާ, ފިޔޯރީގެ ވަފުދުގައި ވަޑައިގެންނެވި ބޭފުޅުންނާ އެކު މަޝްވަރާ ކުރައްވާ ފައެވެ.
އެ ބައްދަލުވުމުގައި އެމްޑީ ވިދާޅުވީ ދަޑުވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި ދަޑުވެރިންނާ ބައްދަލު ކުރުމަށް ވަރަށް އަވަހަށް ފިޔޯރީއަށް ޚާއްޞަ ދަތުރެއް ކުރައްވާނެކަމަށެވެ.
އާ ސަރުކާރުގެ އެކި އޮފީސް ތަކާ ކުންފުނި ތަކުގެ ވެރިންނާއި ބައްދަލު ކުރެއްވުމަށް ފިޔޯރީ ކައުންސިލުން މާލެއަށް ކުރެއްވި ދަތުރުގައި ފިޔޯރީ ރައީސް ފައިޒަރު ރަޝީދު ވެސް ބައިވެރިވެވަޑައިގެންފައެވެ.
ހުވަދު އަތޮޅު ދެކުނުބުރީ ފިޔޯރީ އަކީ ޒަމާނުއްސުރެ ފުޅާ ދާއިރާއެއްގައި ގިނަ ބަޔަކު ދަނޑުވެރިކަން ކުރަމުންދާ ރަށެކެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.