1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
މަޢުލޫމާތު

މަދިރި ދުންދަނޑީގެ ދުމަކީ ގެއްލުން ހުރި ވިހައެއް!

xr:d:DAFm7_3eg8U:2,j:2210536169046328645,t:23062615
މަދިރިދުންދަނޑިއަކީ ވިހަ މާއްދާތައް އެކުލެވޭއެއްޗެއް:ފޮޓޯ:ގޫގުލް
ރިޝާނާ ޢަބްދުލްއަޒީޒް
427ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މަދިރި ދުންދަނޑިއަކީ މަދިރީގެ ކިބައިން ސަލާމަތްވުމަށް ޒަމާނުއްސުރެ ދިވެހީން ގެންގުޅެމުން އަންނަ އެއްޗެކެވެ.

ޒަމާނަށް އައި ބަދަލާއި އެކު ދުންދަނޑީގެ ބަދަލުގައި މަދިރި ކޮންޓްރޯލް ކުރުމަށް ޒަމާނީ ވަސީލަތްތަށް ބޭނުންކުރެވެ. މިހާރުވެސް މަދުން ނަމަވެސް މަދިރި ދުންދަނޑި ބޭނުންކުރާ މީހުން އުޅެއެވެ.

މަދިރި ދުންދަނޑީގެ ސަބަބުން ކުޑަކުދީންގެ ނޭވާލާނިޒާމުގެ ބަލިތަށް ޖެހުމަށް މަގުފަހިވެއެވެ. މަދިރިދުންދަނޑީގެ ދުމުގައި ކާބަންމޮނޮކްސައިޑް ފަދަ ވިހަ މާއްދާތައް އެކުލެވެއެވެ.

300 × 250

އޭގައި ހިމެނޭ ވިހަ ކެމިކަލްތަކުގެސަބަބުން ބޯއެނބުރުމާއި، ކަރުގައިރިއްސުން،   ހޮޑުލުން އަދި ނޭވާހިއްލުން ފަދަ ކަންތައްތައް މެދުވެރިވެއެވެ.

އާންމުކޮށް މަދިރި ދުންދަނޑި ބޭނުން ކުރުމަކީ ހަމުގެ ބަލިތަށް ޖެހޭކަމެއްކަމަށް ވެއެވެ.

މަދިރިދުންދަނޑި ބޭނުންނުކޮށް މަދިރީގެ އުނދަގުލުން ސަލާމަތް ވުމަށް މަދިރި އުފެދޭތަންތައް ނައްތާލައި އުޅޭ މާހައުލު ސާފުތާހިރުތަނަކަށް ހެދުން މުހިއްމެވެ.

އާންމުކޮށް މަދިރި ގިނަވާ ވަގުތުތަކުގައި ގޭގެ ދޮރުލެއްޕުމާއި ހަށިގަނޑު ނިވާކޮށްފައި ބަހައްޓާށެވެ.

މިއަދުން ފެށިގެން މަދިރި ދުންދަނޑި ބޭނުންކުރުން ހުއްޓާލާށެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި