އަނބަކީ ގިނަ ފައިދާ ތަކެއް އެކުލެވޭ މޭވާއެކެވެ. އަނބު ގަހަކީ ނިސްބަތުން ގިނަ ގަހެއް ކަމުން އަނބު މޫސުމެއްގައި އަނބު ނުލިބިގެން އުޅޭކަށް ނުޖެހެވެ. ފަސޭހައިން ލިބޭ މި މޭވާ ގެ ފައިދާ އެނގިފައިވުމަކީ ވެސް މުހިއްމު ކަމެކެވެ.
އަނބަކީ ހިތުގެ ބަލިހުންނަ މީހުން ކެއުން ރަގަނޅު މޭވާއެކެވެ. ވިޓަމިން ސީގެ މިންވަރު މަތި މޭވާގެ ތެރޭގައި އަނބު ހިމެނެއެވެ.
ގައިގެ ހަމާއި އިސްތަށިގަނޑަށް ފައިދާ ހުރި މޭވާގެ ލިސްޓުގައި އަނބު ހިމެނެއެވެ.
ލޭގެ ޕްރެޝަރު ކޮންޓްރޯލްކޮށްދީ ،ކެންސަރުބަލި ފަދަ ނުރައްކާތެރި ބަލިތަކުން ރައްކާތެރި ވުމަށް އަނބު އެހީތެރި ވެދޭ ކަމަށް ވެއެވެ.
އަނބު ކެއުމުގެ ސަބަބުން ދިފާއީ ނިޒާމް ވަރުގަދަ ކޮށްދީ ބަނޑުހައިނުވެ ގިނަވަގުތު ހިފަހައްޓައި ދެއެވެ.
ދޮންވެފައި ހުންނަ އަނބާއި ހުތްއަނބު އަދި އަނބުގަހުގެ ފަތަކީވެސް ފައިދާ ހުރި އެއްޗެއް ކަމަށް ވެއެވެ.
އަނބު ރިހައަކީވެސް ވަރަށް ގިނަ މީހުންގެ މެދުގައި މަޤުބޫލު އެއްޗެކެވެ.
އަނބުފަތުގެ ފެން ބޭނުންކުރާ މީހުންވެސް އުޅެއެވެ. އެފެނަކީ ހެނދުނު ބޯލަން ވަރަށް ރަގަނޅު ގިނަގުނަ ފައިދާއެއް އެކުލެވޭ ފެނެއް ކަމަށް ވެއެވެ.
ވެހޭތާގައި ފެންނަގާށޭ ބުނާ ގޮތަށް އަނބު މޫސުމުގައި އަނބު ބޭނުންކުރުމަކީ ވަރަށް ރަގަނޅު ކަމެކެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.