1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
އެމްޑީޕީ ޤައުމީ މަޖްލިސް

ޟިރާރު: ސިޔާސީ ތަޖުރިބާހުރި، ހަރު މީހަކު މިފަހަރު ތިނަދޫ އުތުރު ދާއިރާގެ ނާއިބަކަށް ނެރުން ކިހިނެއް!

liraar
ހުވަދޫ ނިއުސް ޓީމް
7,862ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މުޙައްމަދު ޟިރާރު ޖައްވު، ގދ. ތިނަދޫ، އަކީ މައުމޫނުގެ ދިގު 30 އަހަރުގެ ވެރިކަމާއި ދެކޮޅަށް ނުކުމެ، ތިނަދޫގައި ސިޔާސީ ޙަރާކާތް ފެއްޓުމުގައި ބައިވެރިވި މަދު މީހުންގެ ތެރޭގައި ހިމެނޭ ފަރާތެކެވެ. ސިޔާސީ ފިކުރުގެ ސަބަބުން ތަފާތު ފިއްތުންތަކާއި އަނިޔާ އެތަށް ފަހަރަކު ލިބިފައިވީ ނަމަވެސް، ދެގޮތެއް ނުވެ، ޕާޓީ ރޫޙުގައި، ފަސްޖެހުމެއް ނެތި ސާބިތުކަންމަތީ ޟިރާރު ހުންނަކަން، ތިނަދޫ އެމްޑީޕީ އެއްވެސް މެމްބަރަކު ދެބަސް ނުވާނެއެވެ. ތިނަދޫގައި ހިންގޭ ހުރިހާ ސިޔާސީ ޙަރަކާތްތަކުގައި ފުރިހަމަޔަށް ބައިވެރިވުމުގެ އިތުރުން، ތިނަދޫގެ އެމްޑީޕީގެ ގިނަ މެމްބަރުންގެ ލޯތްބާއި އިޙްތިރާމް ލިބިފައިވުމީ ލިބިގެންދާ އެންމެ ބޮޑު ހިތްހަމަޖެހުމުގެ ގޮތުގައި ޟިރާރު ސިފަކުރައްވައެވެ.

ސިޔާސީ ދާއިރާއަށް ވަދެވުނު ގޮތް:

ރާއްޖޭގައި ފުރަތަމަ ސިޔާސީ ޙަރަކާތެއްގެ ގޮތުގައި ހިންގުނީ، މައުމޫނުގެ ޚުދުމުޚުތާރު ވެރިކަމާއި ދެކޮޅަށް އަޑުއުފުލައި ފުރަތަމަ ހިންގުނު ޙަރަކާތްތަކެވެ. ވެރިކަމުގެ ނިޒާމާއި ބެހޭގޮތުންނާއި، ރައީސުލް ޖުމްހޫރިއްޔާ އާއި ގުޅުވައިގެން އެއްވެސް ވާހަކައެއް ދެއްކުން ނުވަތަ ސަރުކާރުން ކުރާ ކަމަކާއި ގުޅުވައިގެން ފާޑުކިޔުމަކީ ސަރުކާރާއި ބެހުން އަދި ކުއްވެރިވެ އަދަބު ލިބޭ ކަމެއްގެ ގޮތުގައި އެދުވަސްވަރުގައި ވެފައި ވެއެވެ. މިފަދަ ދުވަސްވަރެއްގައި، ސަރުކާރަށް ފާޑުކިޔައި، އަނިޔާވެރިކަމާއި ދެކޮޅަށް ތިނަދޫއިން ފުރަތަމަ ނިކުތް މަދު ޒުވާނުންގެ ތެރޭގައި ޟިރާރު ހިމެނިގެން ދާކަމީ، ލިބިގެންދާ ވަރަށްބޮޑު ޝަރަފެއްގެ ގޮތުގައި، ޟިރާރު ދެކެއެވެ. މައުމޫނުގެ ސަރުކާރަށް ފާޑުކިޔައި، ނެރުނު ސަންދާން ނޫސް، ކޮޕީ ހައްދައިގެން، ތިނަދޫގައި ބަހައި، ކުރެވުނު މަސައްކަތަކީ، ސިޔާސީގޮތުން، ކުރެވުނު ޟިރާރުގެ ފުރަތަމަ ސިޔާސީ މަސައްކަތެވެ. ޒުވާނެއްގެ ގޮތުގައި އޭރު ހުރެ، އަމިއްލަ ދިރިއުޅުމަށް ލިބިދާނެ ގެއްލުމަކަށް ނުބަލައި، އަނިޔާވެރިކަމާއި ދެކޮޅަށް ނުކުންނަން އެކެރުނު ކެރުމަކީ ޟިރާރުގެ ހިތްވަރާއި ސާބިތުކަމެވެ. ތިނަދޫގައި ފުރަތަމަ ސިޔާސީ ޙަރަކާތް ފެއްޓުގައި އޭރު ޒުވާނުންގެ ތެރޭގައި އިސްނަގައިގެން ގިނަ މަސައްކަތްތަކެއްކޮށް، އެމްޑީޕީ ފިކުރު ކުރިއެރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެއްވި އަދި މިހާރުވެސް ކުރައްވަމުން ގެންދާ ފަރާތެއްގެ ގޮތުގައި ޟިރާރު ފާހަގަވެގެން ދެއެވެ.

300 × 250
55628858_351245592266301_8198420414272110592_n

ތަޢުލީމާއި ވާޒީފާގެ ތަޖުރިބާ:

ތަޢުލީމީ ގޮތުން ބަލާއިރު، ޟިރާރަކީ ފުރަތަމަ ޑިގްރީ ހާޞިލްކޮށްފައިވާ ފަރާތެކެވެ. ޟިރާރު ބެޗެލާސް އޮފް ބިޒްނަސް ހާޞިލްކޮށްފައި ވުމުގެ އިތުރުން ދިރާގު، ތިނަދޫ އޮޕަރޭޝަންސް ސެންޓަރ ގައި ސީނިއަރ އެޑްމިން އޮފިސަރެއްގެ މަޤާމް 22 އަހަރު ހޭދަކޮށްފައިވެއެވެ. ޟިރާރަކީ އާރުޑީސީ، ތިނަދޫގެ މެނޭޖަރެއްގެ ވަޒީފާ މިހާރުވެސް އަދާކުރަމުން އަންނަ ފަރާތެކެވެ.

ދާއިރާގެ ނާއިބަކަށް ކުރިމަތިލުމުގެ ބޭނުން:

ދާއިރާގެ ހިންގުން ހަރުދަނާކޮށް، ޕާޓީގެ ޙަރަކާތްތަށް ދާއިރާގައި ފުޅާކޮށް، ދާއިރާގެ މެންބަރުންގެ މެދުގައި އެއްބައިވަންތަކަން އާލާކޮށް، އެމްޑީޕީއަށް 2023 ކާމިޔާބު ކުރުމުގެ މަސައްކަތް ކުރުމަކީ ޟިރާރު މިމަޤާމަށް ވާދަކުރުމުގެ ބޭނުމެވެ. ޟިރާރު ފާހަގަކޮށްފައިވާގޮތުން، ދާއިރާގެ ހުރިހާ އިންތިޚާބެއްގައި، އަމަލީގޮތުން އަދި އިދާރީގޮތުން ހުރިހާކަމެއްގައި ބައިވެރިވަމަށާއި، މިފަދަ މަޤާމަކަށް އައުމުން، ޕާޓީގެ ކެމްޕެއިންތަކާއި، ޕާޓީގެ ހަރަކާތްތަކުގައި އިސްކޮށް އުޅުމަށް އިތުރު ރަސްމީ ހައިސިއްޔަތެއް ލިބިގެންދާނެކަމަށެވެ.

242186527_10159568633740336_2069392472307972584_n
300 × 250

ދާއިރާގެ ކުރިއެރުމަށް ގެންގުޅޭ ވިސްނުން:

ދާއިރާގެ ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކޮށް، އެއްބައިވަންތަކަން ދެމަހެއްޓުމަކީ ޟިރާރުގެ އެއް އަމާޒެވެ. ޟިރާރު ދެކޭގޮތުގައި 2023 އެމްޑީޕީއަށް ކާމިޔާބުކުރުމަށް ބައިބައިވުންތައް އެއްފަރާތްކުރުމަކީ މުހިންމުކަމެކެވެ. ޕާޓީއަށް މެމްބަރުން އިތުރުކޮށް، އެމްޑީޕީ ފިކުރު، ކުރިއެރުވަމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ޟިރާރު ދެކެއެވެ. ދާއިރާގެ އަޑު އިއްވައި، ދާއިރާއަށް ލާބަޔާއި މަންފާ ލިބޭނެގޮތަށް، ޕާޓީގެ ސިޔާސަތުތައް ބައްޓަން ކުރުމުގައި ބާރުއެޅުމަކީ ޟިރާރު ބޭނުންވާ އަމާޒެވެ. ސިޔާސީ ޙަރަކާތްތަކަށް ދާއިރާގެ ޒުވާނުން ނެރެ، ސިޔާސީ ދާއިރާއިން ޒުވާނުންނަށް ފަހި ފުރުޞަތުތަކެއް ހޯދައިދިނުމަކީ ޟިރާރުގެ އެއް ވިސްނުމެވެ. އެމްޑީޕީ ޙަރަކާތްތަކުގައި އިސްރައްވެހިން ވެފައިވާ ޤުރުބާނީ، ފާހަގަކުރުމާއެކު، އިސްރައްވެހިންގެ ޚިޔާލާއި މަޝްވަރާއި އެއްގޮތަށް ދާއިރާގެ ސިޔާސީކަންކަން ބައްޓަންކޮށް ރާވައި، ޒުވާނުން ބާރުވެރި ކުރުމަކީ ޟިރާރުގެ ވިސްނުމެކެވެ. އިންތިޚާބެއް ޖެހުމުން ރައްޔިތުންނާއި، ދާއިރާގެ މެމްބަރުން ފެނި، ހަމައެކަނި، ކެމްޕެއިންތަކުގައި އެކަނި އެކްޓިވްވާ ބައެއްގެ ގޮތުގައި އޮންނަ ދާއިރާގެ ސިޔާސީ ހަރަކާތް، ބަދަލުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި، ޕާޓީގެ ސިޔާސަތުތަކާއި، ޕާޓީ ފިކުރު ކުރިއަރުވާ، އަދި ޒުވާނުންނަށް ތަފާތު ފުރުޞަތުތަކެއް ހޯދައިދޭ، ރާއްޖޭގެ އެހެން ހުރިހާ އެމްޑީޕީ ދާއިރާތަކަށް ނަމޫނާ ދާއިރާއަކަށް، ހެދުމަށް އިންތިޚާބުވެވޭ ދާއިރާ ރައީސަކާއި އެކު މަސައްކަތްކުރުމަށް ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން ޟިރާރު ދެއެވެ.

242112744_10159567695585336_3961691230821545336_n

ފަހުބަސް:

ދާއިރާގެ ސިޔާސީ ޙަރަކާތަށް ކުރިއެރުމެއް އޮތީ ދާއިރާގެ ހިންގުން ހަރުދަނާ ކުރެވި، ސިޔާސި ޙަރަކާތް އިތުރު ކުރެވިގެންނެވެ. ދާއިރާ ތަމްޞީލުކުރުމަށް ސިޔާސީ ތަޖުރިބާ ހުރި ފަރާތްތަށް ތިބުމަކީ މުހިންމުކަމެކެވެ. ޟިރާރަކީ ސިޔާސީ ހަރަކާތް ރާއްޖޭގައި ފެށުނީއްސުރެ، ސިޔާސީ ހަރަކާތުގައި، ދެގޮތެއް ނުވެ، މުޅި ޒުވާން އުމުރު، އެމްޑީޕީ ފިކުރު ކުރިއެރުވުމަށް ހޭދަކޮށްފައިވާ އިޚްލާސްތެރި މީހެކެވެ. މާތްﷲ ގެ ވާގިފުޅާއެކު، ދާއިރާގެ ރައްޔިތުންގެ ފުރިހަމަ ތަނަވަސް އަޣުލަބިއްޔަތަކުން، ދާއިރާގެ ނާއިބުގެ މަޤާމަށް ޟިރާރު ހޮވައިފިނަމަ، ނަތީއްޖާ ނެރެ، ވަޅުޖެހިފައި އޮތް ދާއިރާގެ ސިޔާސީ ޙަރާކަތްތައް ނަގާ ކޮޅަށް ޖެހުމުގެ މަސައްކަތް ފުރިމަޔަށް ކޮށްދޭނެކަމުގެ ޔަޤީންކަން ޟިރާރު ދެއެވެ. ސިޔާސީ ތަޖުރިބާހުރި، ހަރު މީހަކު މިފަހަރު ތިނަދޫ އުތުރު ދާއިރާގެ ނާއިބަކަށް ނެރުން ކިހިނެއް ވާނެތޯއެވެ؟

އެޑިޓަރުގެ ނޯޓް: މި ލިޔުމަކީ، އެމްޑީޕީ ޤައުމީ މަޖިލިސްގެ އިންތިޚާބާއި ގުޅުވައިގެން، ހުވަދޫ ނޫހުން އާންމުކޮށް ހުޅުވާލެވުނު ކެމްޕެއިން ކުރުމުގެ ފުރުޞަތުގެ ދަށުން ހުވަދު އަތޮޅުގެ ދާއިރާތަކަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ޝައުޤުވެރިކަން ފާޅުކޮށް، ފުރުޞަތުގެ ބޭނުން ހިފައި، ކެމްޕެއިން ކުރުމަށް ވިޔަފާރި އުޞޫލުން ގެނެސްދީފައިވާ ލިޔުމެކެވެ. މިލިޔުމުގައި ގެނެސްފައިވާ ވާހަކަތަކާއި، ސިޔާސީ ފިކުރަކީ، އެ ކެންޑިޑޭޓެއްގެ ފިކުރާއި ބަސްކަމުގައި ދަންނަވަމެވެ.

300 × 250

ޚިޔާލު (1)

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

  • ކަލޭ

    އެމް ޑީ ޕީއަށް މިފަަރު ކައުންސިލް އިންތިހާބް ގެއްލުމުގައި ދިމާވި ބައެއް ސަބަބުތައް އަދިވެސް ހުރީ ހަމަ އެގޮތުގައި. ސިޔާސީގޮތުން އަދިވެސަ ތަސައްރަފް ފުދިފައިވާތަނެއް ނުފެނޭ. ޕްރައިމަރީ ނާކާމިޔާބްވާ ކޮންމެ ފަހަރަކު ފެންނަނީ މުޅި ޕާޓީ ނިޒާމް ގޯސްވާތަން. ސިޔާސީ ތަޖްރިބާ ހުރިނަމަ އެފަދަ ކަންކަން ތަކުރާރުނުވާނެ ކަން ޔަގީން.

ގުޅުންހުރި