1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
އެމްޑީޕީ ޤައުމީ މަޖްލިސް

ޝާފީ: ތަޢުލީމާއި ސިޔާސީ ތަޖުރިބާ ހުރި، ދާއިރާގެ ދަރިޔެއް މިފަހަރު ދާއިރާގެ ރައީސަކަށް

Shaafee cover
މަޑަވެލި ދާއިރާގެ ރައީސް ކަމަށް، ޝާފީ އާދަމް، އަތަމާގެ، ގދ.މަޑަވެލި
ހުވަދޫ ނިއުސް ޓީމް
4,930ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ލާމަރުކަޒީ ނިޒާމްގެ ދަށުން ބޭއްވުނު ފުރަތަމަ އިންތިހާބުގައި އަތޮޅު ކައުންސިލަށް ވާދަކޮށް އެންމެ ފުރަތަމަ މަޑަވެލި ދާއިރާ ތަމްސީލުކޮށްދީ، ސިޔާސީ ދާއިރާގައި ކާމިޔާބު ޝަހްޝެއްގެ ގޮތުގައި ފާހަގަ ވެގެން ދިއުމާއެކު ސިޔާސީ ދާއިރާގައި ކާމިޔާބު ޝަހްޝެއްގެ ގޮތުގައި ފާހަގަ ވެގެންދިޔަ ގދ.މަޑަވެލީ އަތަމާގެ، ޝާފީ އާދަމް އަކީ އެމްޑީޕީގެ ތާރީޚްގައި ފާހަގަކޮށްލެވޭ އެއް ފަރާތެވެ. 2011 ވަނަ އަހަރުގައި އަޕަރ ސައުތު ޕްރޮވިންސްގެ ހެލްތު ކޯރޕަރޭޝަންގެ ޑީއެމްޑީގެ މަޤާމްގައި ހުރެ އެމްޑީޕީގެ ސިޔާސަތު ފުރިހަމައަށް ތަންފީޒުކޮށް ސަރުކާރުގެ އިތުބާރު ހޯދާފައިވާ މީހެކެވެ. ޝާފީއަކީ އޭނާ އެމްޑީޕީގައި ހޭދަކުރި 12 އަހަރުގެ ތެރޭގައި "ޕާޓީއަށްޓަކާ" މަސައްކަތްކުރި އެމްޑީޕީއަށް އިޚްލާސްތެރި ފަރާތެކެވެ.

172833132_739724860053921_3895995332750339008_n

ޕާޓީއަށްޓަކާ މަސައްކަތް ކުރަނީ އެމްޑީޕީއަކީ އެންމެ ފުރިހަމަ ޑިމޮކްރަޓިކް ލީޑަރޝިޕްއެއް އޮތް ޕާޓީ ކަމުގައި ދެކިގެން

300 × 250

2012 ވަނަ އަހަރުގެ ތެރޭގައި އެމްޑީޕީގެ ވެރިކަން ވެއްޓިގެން ދިޔުމާއެކު ޝާފިީ ތެދުވިީ ޕާޓީއަށްޓަކާ ވެވެން އޮތް ކޮންމެ ކަމެއް ކުރާށެވެ. އެގޮތުން އެވަގުތަކީ އަޑުއުފުލައި ހައްގަށް ވަކާލާތު ކުރަންވީ ވަގުތު ކަމަށްވުމުން އޭނާ ހުރީ ރެއެއް ދުވާލެއް ނުބަލާ މުޒާހަރާގައެވެ. 3 މަސްވަންދެން މާލޭގެ މަގުމަތީގައެވެ. ޕާޓީގެ ހައްގުގައެވެ. އޭގެ ފަހުގައި 2015 ވަނަ އަހަރުގައި އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އޭނާ ނުކުތީ މަޑަވެލި ދާއިރާގެ ގޮނޑި އެމްޑީޕީއަށް ހޯދައި ދިނުމަށެވެ. އެމަސައްކަތުގައި ސާބިތުވެހުރީ އެންމެން އެއް ސަފެއްގައި މަސައްކަތްކޮށް ދާއިރާގެ އަތޮޅު ކައުންސިލް ގޮނޑިއަށް މުހައްމަދު ޝިރަން އިންތިހާބު ކުރުވަން ބޮޑު ރޯލެއް އަދާކުރެއްވިއެވެ. 2013 ވަނަ އަހަރު ރިޔާސީ އިންތިހާބުގައިވެސް ޝާފީއަކީ ބުރަކޮށް މަސައްކަތް ކުރި މީހެކެވެ. އޭނާގެ ޕާޓީ އަކީ އެންމެ ޑިމޮކްރަޓިކް ލީޑަރޝިޕެއް އޮތް ޕާޓީކަން ގަބޫލުކޮށްގެންނެވެ. އެއާއިއެކު 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި މާލޭގައި، މަޑަވެލި ދާއިރާގެ މަޑަވެލިން ކަނޑައަޅާފައިވާ ކެމްޕެއިން މެނޭޖަރެއްގެ ގޮތުގައި މާލޭގައި މަސައްކަތް ކުރެއްވީވެސް ފިސާރި ޖޯޝާއި ފޯރީގައެވެ. އަމިއްލަ ކަމެއްގެ ގޮތުގައި ދެކިގެންނެވެ. ކާމިޔާބު މަސައްކަތްތަކެއްގައި ދާއިރާގެ އެންމެންގެ އިތުބާރާއި ލޯބި ހޯދުމަށްފަހު އޭނާގެ އެންމެ ފަހުން ކުރި މަސައްކަތަކީ 2019 އާއި 2020 ގެ ކެމްޕެއިންގައި މަސައްކަތް ކުރުމުގައެވެ. ދާއިރާގެ މަޖިލިސްގެ ގޮނޑި މެމްބަރު ހުސައިން ފިރުޝާނަށް ކާމިޔާބު ކުރުމަށް މަސައްކަތްކުރީ ޕްރައިމަރީގައި ވާދަކޮށް ބަލިވުމާއި އެކު ޑިމޮކްރަސީގެ ރީތި ނަމޫނާއާ އެކުގައެވެ. އެގޮތުން އެއިންތިހާބުގައިވެސް އޭނާ ހަރަކާތްތެރިވެފައިވަނީ، މަޑަވެލިން މާލެއަށް ކަނޑައަޅާފައިވާ ކެމްޕެއިން މެނޭޖަރުގެ ގޮތުގައެވެ.

242322697_829207131105693_1872911249315911885_n

ގައުމީ މަޖިލީހުން ޖާގައެއް ބޭނުންވަނީ ކީއްވެ؟

ރީޖަނަލް އެއަރޕޯޓްސްގެ ލީގަލް އޮފިސަރެއްގެ މަގާމުގައި ހުންނެވި ލޯޔަރ ޝާފީއަކީ އޭނާ މަސައްކަތް ކުރާ ކޮންމެ ދާއިރާއެއްވެސް އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމާއި، ގާބިލު މީހުން ކަންކަމަށް ނުކުމެ މަސައްކަތް ކުރުމަށް ލޯބިކުރާ، އެގޮތުގައި މަސައްކަތް ކުރާ މީހެކެވެ. އެގޮތުން އެމްޑީޕީގެ ގައުމީ މަޖިލީހުގައި މަޑަވެލި ދާއިރާ (މަޑަވެލި، ހޯނޑެއްދޫ، ނަޑެއްލާ) ގެ ރައީސްކަމަށް އޭނާ ނުކުތީ އެމަގާމުގައި އޭނާ ހުރެގެން ދާއިރާއަށާއި ޕާޓީއަށް ބޮޑު ކުރިއެރުމެއް ހޯދައިދެވޭނެ ކަމުގެ ޔަގީންކަން އޮވެގެންނެވެ. އެއީ ޕާޓީއާއި ދާއިރާއަށް ވާ ގުރުބާނީއެއްގެ ގޮތުގައެވެ. ގައުމީ މަޖިލިސްގައި ޕޮލިސީ މޭކިންގް ކުރުމަށް ތިބޭ މީހުންނަކީ، ތައުލީމީ، ހުނަރުވެރި ބައެއް ކަމުގައި ދެކި އެގާބިލުކަން އޭނާގެ ކިބައިގައި ހުރުމުންނެވެ.

241359117_821890228504050_941960862342922159_n

އިންތިހާބާއި މެދު ޝާފީ ދެކޭގޮތް

300 × 250

ގދ މަޑަވެއްޔަކީ ޝާފީގެ އުފަން ރަށް ކަމުން އެރަށުގައި ފޮއްޓަށް އެޅިގެންދާ ވޯޓާއި މެދު އޭނާ އެއްވެސް ޝައްކެއް ނުކުރެއެވެ. އެރަށަށް ވޯޓު އަޅާ 379 މީހުންގެ ތެރެއިން ސުޕަރ މެޖޯރިޓީ ޝާފީއަށް ލިބުމަކީ އެންމެ ބޮޑު އުންމީދެވެ އަދި ހިތްހަމަޖެހުމެވެ. ނަޑެއްލާ އަށް ބަލާއިރު އެރަށުގައިވެސް ޝާފީއަށް ވޯޓު ލިބިގެންދާ މިންވަރު މަދެއް ނޫންކަން ގަބޫލުކުރެވެއެވެ. ޔަގީންވާ ކަމަކީ ރަށުން ބޭރު ކެނޑިޑޭޓުގެ ގޮތުގައި އެންމެ ގިނަ ވޯޓު އެރަށުން ނަގާނެ ކަމެވެ. އެރަށުން މިވޯޓުގައި ބައިވެރިވަނީ 262 މީހުންނެވެ. ދާއިރާގެ 3 ރަށުގެ ތެރެއިން ހޯނޑެއްދޫ އަކީ ޝާފީގެ އަމިއްލަ ރަށް ފަދައިން ރައްޓެހިންނާ ތިމާގެ މީހުން އަދި ޕާޓީގެ ގޮތުން ހެޔޮއެދޭ މީހުން ގިނަ ރަށެކެވެ. އެގޮތުން ހޯނޑެއްދޫއަށް ނިސްބަތްވާ ދެ ކެނޑިޑޭޓުން އަދި ދާއިރާގެ އަނެއް ދެރަށުން ކޮންމެ ރަށަކުން އެއް ކެނޑިޑޭޓު މިއިންތިހާބުގައި ވާދަކުރާއިރު ވޯޓުތައް ބެހިގެންދާއިރު އެންމެ ކާމިޔާބު ކުރެވޭނެ ކަމަށް ގަބޫލު ކުރެވޭ ކެނޑިޑޭޓަކީ ޝާފީ ކަމަށް "ޓީމް ޝާފީ" އިން ގަބޫލު ކުރެއެވެ. އެގޮތުން ހޯނޑެއްދޫއިން 505 ވޯޓު މިއިންތިހާބުގައި އެޅިގެން ދާކަމަށްވާނަމަ އޭގެ ތެރެއިން އެރަށަށް ނިސްބަތްވާ ދެކެނޑިޑޭޓުންނަށް ވޯޓު ބެހިގެން ދާއިރު، އެރަށުން ރަގަޅު އަދަދެއް ޝާފީއަށް ލިބުމަކީ އެކަށީގެންވާ ކަމެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރާއިރު އެކަމަށް ޔަގީންކަންދޭ މީހުންވެސް މަދެއް ނޫނެވެ.

242390977_828930287800044_461440036040376853_n

ޝާފީ އާދަމް އަކީ ސިޔާސީ ގޮތުން އެމްޑީޕީގެ އިސް ސަފުގައި މަސައްކަތް ކުރާ ފަރާތަކަށްވާއިރު އޭނާއަކީ ރަށާ އަތޮޅުގެ ތަރައްގީއަށް މަސައްކަތް ކުރަމުންދާ ތައުލީމީ މީހެކެވެ. ރާއްޖެއާއި ރާއްޖެއިން ބޭރުން، ތަފާތު ދެދާއިރާއިން މަތީ ތައުލީމް ހާސިލުކޮށްފައިވާ ގާބިލް ޒުވާނެކެވެ. މީހުންނާ ގުޅޭ ޒުވާނެކެވެ. މާތްﷲގެ ވާގިފުޅާއެކު، ރައްޔިތުންގެ އިޚްލާސްތެރި ވޯޓަކުން ޝާފީ ހޮވައިފިނަމަ، ދާއިރާގެ ތަރައްޤީ އާއި ކުރިއެރުން ހޯދައި، ދާއިރާގައި ސިޔާސީ ޙަރަކާތް ކުރިއަރުވައި، 2023 ގެ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ކުރުމުގައި ސާބިތުވެ ހުންނާނެކަމަށް އޭނާ ބުނެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި