1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
އެމްޑީޕީ ޤައުމީ މަޖްލިސް

މުހައްމަދު ޝިރާން: ޕާޓީގެ މަސައްކަތްތަކަށް ފަރިތަ، ޕާޓީއަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދޭ ޒުވާނެއް

ހުވަދޫ ނިއުސް ޓީމް
3,729ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ދިގުލައިގެން ދިޔަ ވެރިކަމެއްގައި ހުރި ގިނަ ހިތްހަމަނުޖެހުންތަކާ ދެކޮޅަށް ރީފޯމް ހަރަކާތްތަކެއް ރާއްޖޭގައި ހިންގަން ފެށުމާއެކު އެހަރަކާތްތަކަށް އަހުލުވެރިވާ، އާފިކުރުގައި އެމްޑީޕީއާއި ބައިއަތު ހިފި މީހުންގެ ތެރޭގައި ގދ ހޯނޑެއްދޫ، ގްރީންލައިޓް މުހައްމަދު ޝިރާން ހިމެނެއެވެ. 2000 ވަނަ އަހަރުގެ ތެރޭގައި އެމްޑީޕީގެ ފިކުރާއެކު ސިޔާސީ ހަރަކާތްތަކުގައި އުޅެން ފެށުމަށްފަހު 2005 ވަނަ އަހަރު އެޕާޓީއާއި ގުޅުނު ޒުވާން ފަހުލަވާނުންގެ ތެރޭގައި ޝިރާންގެ ނަން ފާހަގަ ކޮށްލެވެއެވެ. މިއީ އެމްޑީޕީއަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމަކެވެ.

އެމްޑީޕީއާއި އެކު ކުރެވިގެން ދިޔައީ ފިސާރި ކާމިޔާބު ދަތުރުތަކެއް

ޝިރާންގެ މަސައްކަތް އެމްޑީޕީއާއެކު ފުޅާދާއިރާއެއްގައި ކުރަންފެށީ 2008 ވަނަ އަހަރުއެވެ. އިންތިހާބުގެ މަސައްކަތުގައެވެ. އޭގެ ފަހުގައި ލާމަރުކަޒީ ނިޒާމް ތަސްދީގުވުމާއެކު އޭނާގެ މަސައްކަތް އިންތިހާއަށް ވަރުގަދަކުރިއެވެ. 2010 ވަނަ އަހަރުން ފެށިގެން އޭނާގެ ހުރިހާ މަސައްކަތެއް ޕާޓީއަށްޓަކައި ހުސްކުރިއެވެ. ސިޔާސީގޮތުން ހަރަކާތްތެރިވެ ރައްޔިތުންގެ އިތުބާރު ހޯދިއެވެ. އަދި 2011 ވަނަ އަހަރު އޭރު ލޯކަލް ކައުންސިލް އިންތިހާބުގައި ފިސާރި ރަގަޅު އަދި ތާރީޚީ ކާމިޔާބީއެއް ދާއިރާއިން ޕާޓީއަށް ހޯދިއެވެ. އެގޮތުން ފާހަގަކޮށްލެވޭ އެންމެ ބޮޑު ކާމިޔާބީއަކީ ހޯނޑެއްދޫގެ ކައުންސިލް ހުރިހާ ގޮނޑިއެއް ޕާޓީން ނަގައި ޝިރާންގެ އަމިއްލަ ނަތީއްޖާ އަކީ 1 ވަނަ ވޯޓަށް ވެގެންދިއުމެވެ. ހަމައެއާއެކު ޖެހިގެން އައި ލޯކަލް ކައުންސިލް އިންތިހާބުގައިވެސް ޕާޓީ ޓިކެޓް ހޯދައި 2 ވަނަ ދައުރުވެސް ހޯނޑެއްދޫ ކައުންސިލަށް އިންތިހާބުވެ ތާރީޚުގެ ތެރެއަށް ވަނެވެ. މިއީ ހަމަ ޔަގީނުންވެސް ސިޔާސީގޮތުން ޝިރާން ހޯދާފައިވާ ފާހަގަކޮށްލެވޭ ކާމިޔާބީތަކެކެވެ.

300 × 250
shiran1

ޝިރާންގެ ސިޔާސީ ދަތުރުގައި މަޑަވެލި ހޯނޑެއްދޫ އަދި ނަޑެއްލާ ހިމެނޭ މަޑަވެލި ދާއިރާއިން ލިބުނު ޕާޓީ ޓިކެޓްގައި ވާދަވެރި އިންތިހާބުގައި އިދިކޮޅު ކެނޑިޑޭޓުން ބަލިކޮށް 2018 ވަނަ އަހަރުގެ ގދ އަތޮޅު ކައުންސިލްގެ ގޮނޑި ކާމިޔާބު ކުރިއިރު އެކަންވެސް ފާހަގަވެގެން ދިޔައީ ރައްޔިތުން އޭނާ ބަލައިގަންނަ ކަމުގެ ހެއްކަކަށެވެ.

shiran3

ހޯނޑެއްދޫއާއި މަޑަވެލި ދާއިރާގެ ކުރީސަފުގައި ޝިރަން ކުރާ ހިތްވަރަކީ ޕާޓީގެ ހައްގުގައި ކުރާ މަސައްކަތެއް

އެމްޑީޕީ ރަޖިސްޓްރީގައި ޝިރާންގެ ނަން ހިމެނުނީއްސުރެ އޭނާދަނީ ޕާޓީއަށްޓަކާ ވަރަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ސިޔާސީގޮތުން އޭނާ ކުރަމުންދާ މަސައްކަތަކީ އަމިއްލަ ކަމެއްގެ ގޮތުގައި ދެކި ޕާޓީގެ މެންބަރުން އިތުރު ކުރުމާއި އެކިއެކި އިންތިހާބުތަކުގައި އިސްވެ މަސައްކަތް ކުރުން ފާހަގަކޮށްލެވެއެވެ. ޚާއްސަގޮތެއްގައި 2013 ވަނަ އަހަރު ރިޔާސީ އިންތިޚާބުގައި ދާއިރާގެ އެސިސްޓެންޓް ކެމްޕެއިން މެނޭޖަރެއްގެ ގޮތުގައި ކޮށްފައިވާ ބުރަ މަސައްކަތް ހިމެނެއެވެ. ހަމައެއާއެކު ޕާޓީގެ އިވެންޓްތަކުގައި ފަހަތަށް ޖެހުމެއްނެތި އިސްސަފުގައި ހިތްވަރާއެކު ދައްކަމުންދިޔަ ހިތްވަރުގަދަ މަސައްކަތް އޭނާގެ މަސައްކަތަށް އިތުރުކޮށްލަން ޖެހެއެވެ.

shiran2
300 × 250

ޝިރާން އަކީ ހަމައެކަނި ސިޔާސީ މީހެއް ނޫން

ސިޔާސީ ދާއިރާއަށް ނޭވާލައި އަމަލީ މަސައްކަތް ކުރުމަށް ފައިނެގުމުގެ ކުރިން ޝިރާން އަކީ ހޯނޑެއްދޫ މިރުސް ޖަމްއިއްޔާގެ މެންބަރު ކަމުގައި އިސްކޮށް ހަރަކާތްތެރިވެ ރަށުވަންތަ ތަރައްގީއަށް ލޯބިކުރާ އިޖުތިމާއީ ޒުވާނެކެވެ. ކުޅިވަރުގެ ދާއިރާ ކުރިއަރުވަންވެސް ވެވުނު ވަރަކުން މަސައްކަތް ކުރި ރައްޔިތުންނާ ގުޅޭ ޒުވާނެކެވެ. މިވަގުތު ޝަރީއާއިން ލޯ ކިޔަވަމުންދާ ޝިރާން ސިޔާސީގޮތުން ހަރަކާތްތެރިވިޔަސް އޭނާ އަބަދުވެސް ހުންނަނީ އިޖުތިމާއީގޮތުން ރައްޔިތުންނަށް ޚިދުމަތް ކުރާހިތުންނެވެ. އަދި ވެވެން އޮތް މިންވަރަކުން އެހީވުމަށް ތައްޔާރަށެވެ.

photo_2021-09-23_17-20-23

ޝިރާންގެ މަޤްސަދު އޮތީ މަޑަވެލި ދާއިރާއަށް ކުރިއެރުވުމަށް ކަމާމެދު ޝައްކެއްނެތް!

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ މަޖިލިސް އިންތިހާބުގައި ދާއިރާގެ ރައީސަކަށް ކުރިމަތިލައި އެގޮނޑި ކާމިޔާބު ކުރުމުގެ ފަހަތުގައި އޮތީ ކޮންކަމެއްބާއެވެ؟ ޖަވާބު ވަރަށް ސާފެވެ. އޭނާގެ މަޤްސަދަކީ ކޮބައިކަން ދާއިރާގެ ރައްޔިތުންނަށް ވަރަށް ރަނގަޅަށް އެގެއެވެ. ޖަވާބަކީ ޕާޓީ ކުރިއެރުވުމެވެ. ޕާޓީއަކީ ހިންގުންތެރި ސިޔާސީ ގޮތުން ހޭލުންތެރި ބަޔަކަށް ހެދުމެވެ. ލާމަރުކަޒީ ނިޒާމުގެ ފޮނި މީރުކަން ރައްޔިތުންނަށް ވިސްނުވައިދީ ރައްޔިތުން ބާރުވެރިކުރުވުމާއި އެރައްޔިތުންނަށްޓަކާ ޕާޓީގެ މަޖިލިސްތަކުގައި ޙައިސިއްޔަތާއެކު ދާއިރާގެ ރައްޔިތުންނާއެކު މަސައްކަތް ކުރުމެވެ. މިއީ ހައްތާވެސް ޝިރާންގެ ހުރި ޤާބިލުކަން ކަމާމެދު ދާއިރާގެ ރައްޔިތުން ޝައްކެއް ނުކުރެއެވެ.

shiran4
300 × 250

މާދަމާގެ ވޯޓާމެދު ޝިރާންގެ ވިސްނުން

އިންތިހާބުތަކުގައި ކާމިޔާބީ ނަތީޖާއެއް ހޯދުމަކީ ޝިރާންއަށް ވަރަށް ފަރިތަކަމެކެވެ. ނިމިދިޔަ ތަނުން އެކަން ކިތަންމެ ރަނގަޅަށްވެސް ހާމަވެއެވެ. މިފަހަރުގެ އިންޚާބުވެސް ކާމިޔާބު ވާނެ ކަމީ އޭނާ ޝައްކުުރާ ކަމެއް ނޫނެވެ. އޭނާގެ ކެމްޕެއިން ކުރީ ރައްޔިތުންނާ ގުޅިގެންނެވެ. ރައްޔިތުންގެ އެއްބާރުލުމާއެކުއެވެ. މަޑަވެލި، ނަޑެއްލާގެ އިތުރުން އުފަން ރަށްކަމުގައިވާ ހޯނޑެއްދޫގައި އޭނާއަށް އޮތް ތާއީދަށް ބަދަލެއް ނައަންނަ ކަމަށް ގަބޫލުކުރާ މުހައްމަދު ޝިރާންގެ ކެނޑިޑޭޓް ނަންބަރަކީ 5 އެވެ.

shiran5

އެޑިޓަރުގެ ނޯޓް: މި ލިޔުމަކީ، އެމްޑީޕީ ޤައުމީ މަޖިލިސްގެ އިންތިޚާބާއި ގުޅުވައިގެން، ހުވަދޫ ނޫހުން އާންމުކޮށް ހުޅުވާލެވުނު ކެމްޕެއިން ކުރުމުގެ ފުރުޞަތުގެ ދަށުން ހުވަދު އަތޮޅުގެ ދާއިރާތަކަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ޝައުޤުވެރިކަން ފާޅުކޮށް، ފުރުޞަތުގެ ބޭނުން ހިފައި، ކެމްޕެއިން ކުރުމަށް ވިޔަފާރި އުޞޫލުން ގެނެސްދީފައިވާ ލިޔުމެކެވެ. މިލިޔުމުގައި ގެނެސްފައިވާ ވާހަކަތަކާއި، ސިޔާސީ ފިކުރަކީ، އެ ކެންޑިޑޭޓެއްގެ ފިކުރާއި ބަސްކަމުގައި ދަންނަވަމެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި