1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
މީހުން

ކުޑަ ކުޑަ ކަމަކުން އެތައް މިލިއަން ބަައެއްގެ ފުރާނަ ސަލާމަތްކުރަން އެހީވި ފަރާތެއް

im-10526776
މިއީ 93 އިންސައްތަ ނަތީޖާ ނެރެވޭ ފަރުވާ އެއް.
މަރިޔަމް މިސްކް
636ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ކޮލެރާ އަދި އެހެނިހެން ބޭރަށް ހިނގާ ބަލިތަކަށް އަގުހެޔޮ އަދި ފަސޭހަ ފަރުވާއެއް ހޯދުމުގައި މުހިންމު ދައުރެއް އަދާކުރި، އަދި އެތައް މިލއަން ބައެއްގެ ފުރާނަ ސަލާމަތްކުރުމަށް އެހީތެރިވި ޑރ. ރިޗަރޑް ކޭޝް ވަނީ މި ހަފްތާގައި ކެމްބްރިޖް، މެސެޗޫސެޓްސްގައި ހުންނަ އޭނާގެ ގޭގައި، ސިކުނޑީގެ ކެންސަރާއި ހަނގުރާމަކުރުމަށްފަހު އުމުރުން 83 އަހަރުގައި މަރުވެފައެވެ.

އޭނާގެ އެންމެ ބޮޑު ކާމިޔާބީ އަކީ ބޭރަށް ހިނގާ ބަލިތަކަށް ފަރުވާ ކުރުމުގައި ލޮނު ފެނުމުގެ މުހިންމުކަން ދެނެގަތުމެވެ. މިއީ ވަރަށް ފަސޭހަ ކަމާއެކު ގޭގައި ތިބެގެން ދެވިދާނެ ފަރުވާއެކެވެ. އެހެންނަމަވެސް 1978 ގައި ދަ ލެންސެޓްގައި ޝާއިޢުކުރެވުނު އެޑިޓޯރިއަލްއެއްގައި ބުނެފައިވަނީ އޯރަލް ރީހައިޑްރޭޝަން ތެރަޕީ ނުވަތަ އޯއާރްޓީ އަކީ ސިއްހީ ދާއިރާއަށް މި ގަރުނުގައި ލިބުނު އެންމެ މުހިންމު ކުރިއެރުން ކަމުގައި ވެދާނެ ކަމަށެވެ.

އޯއާރްޓީ ތަރައްޤީކުރުމުގައި ކޭޝްގެ ދައުރު އައީ އޭނާ ނިއު ޔޯކް ޔުނިވަރސިޓީ ސްކޫލް އޮފް މެޑިސިންއިން ގްރެޖުއޭޓްވުމަށްފަހު ނިއު ޔޯކް ސިޓީގައި އިންޓަރންޝިޕް ފުރިހަމަކުރުމަށްފަހުގައެވެ. 1960 ގެ އަހަރުތަކުގެ ފަހުކޮޅުގައި، އޭނާ ދަތުރުކުރީ އޭރު އީސްޓް ޕާކިސްތާން އަދި މިހާރު ބަންގްލަދޭޝްގެ ޑާކާއަށް، ކޮލެރާގެ ސަބަބުން ހިތާމަވެރި މަރުތައް ގިނަވެފައިވީ ދަނޑިވަޅެއްގައެވެ.

300 × 250

ކޮލެރާ ބަލީގެ މީހުން ބޭރަށް ހިނގުމުގެ ސަބަބުން  އެމީހުންގެ ހަށިގަނޑުން ލޮނާއި ފެން މަދުވެއެވެ. މި ބަލީގެ ސަބަބުން މަދު ގަޑިއިރުތަކެއްގެ ތެރޭގައި މީހާ ވަރުދެރަވެ ހަށިގަނޑު ހިކި އަނަރޫފަވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

Cholera_rehydration_nurses

އޯރަލް ރީހައިޑްރޭޝަން ތެރަޕީ ބޭނުންކޮށްގެން ކޮލެރާ ބަލިމީހަކަށް ފަރުވާ ދެނީ.

އެ ދުވަސްވަރު، ހަމައެކަނި ފެން ބުއިމުން އެހީތެރިކަމެއް ނުލިބޭކަން ރަނގަޅަށް އެނގިފައިވެއެވެ. ކޭޝް އަދި އޭނާގެ އެކުވެރިން ބަލި މީހުންނަށް ފެނާއެކު ބައެއް ކަހަލަ ލޮނުތަކާއި ހަކުރު ބޯންދީ، އެ ތަކެތިން ކާމިޔާބުކަމާއެކު ހަށިގަނޑަށް ފެނާއި ލޮނު އަލުން ލިބިގެންދާ ގޮތް ދެނެގަތެވެ. އޯރަލް ރީހައިޑްރޭޝަން ލޮނު ރަނގަޅަށް ބޭނުންކުރެވޭނަމަ ކޮލެރާގެ ސަބަބުން މަރުތައް މަަދުވެގެން ދާނެއެވެ.

ކޮލެރާ ރިސަރޗް ލެބޯޓަރީގެ އެހެން ފަރާތްތަކާއި އެކު މަސައްކަތްކޮށް، ކޭޝް ވަނީ އޯރަލް ރީހައިޑްރޭޝަން ތެރަޕީއަކީ އޭގެ ޒާތުގައި ފައިދާހުރި އެއްޗެއްކަން ސާބިތުކޮށްދޭ އެތަކެއް ދިރާސާތަކެއް ކޮށްފައެވެ. އަހަރުތަކެއް ފަހުން ކުރެވުނު ދިރާސާއަކުން ދައްކާގޮތުގައި މި ފަރުވާގެ ނަތީޖާ ނެރެވޭ މިންވަރަކީ 93 އިންސައްތަ އެވެ.

މިއަހަރުގެ ކުރީކޮޅު، ހާވަޑް މެގަޒިންގައި އޭނާގެ މަސައްކަތާ ބެހޭ ވާހަކައެއް ޝާއިޢުކުރިއެވެ. ކޭޝް އެ ރިޕޯޓަރަށް މައުލޫމާތު ދިން ގޮތުގައި އޯއާރްޓީ އަކީ މައްސަލައަކަށް އެންމެ ފަސޭހަކަމާއެކު ލިބޭ ޙައްލަކީ އެންމެ ރަނގަޅު ޙައްލުކަން ދައްކުވައިދޭ މިސާލެއް ކަމަށެވެ.  ކޮންމެ މައްސަލައަކަށް ހައްލު ހޯދަން އަބަދުވެސް ފެންވަރު މަތީ ޓެކްނޮލޮޖީ ބޭނުންކުރާކަށް ނުޖެހޭ ކަމަށެވެ.

300 × 250

1977 ގައި، ކޭޝް ހާވަޑް ސްކޫލް އޮފް ޕަބްލިކް ހެލްތުގައި ކިޔަވައިދޭން ފެށިއެވެ. އަދި ހަޔާތުގެ އެންމެ ފަހު ދުވަސްތަކާއި ހަމައަށްވެސް އެތަނުގެ ސީނިއަރ ލެކްޗަރަރއެއްގެ ގޮތުގައި މަސައްކަތްކުރިއެވެ. އޭނާ އެތައް ފަހަރަކު ބަންގްލަދޭޝްއަށާއި  އޭޝިއާ އަދި އެފްރިކާގެ ޤައުމުތަކަށް ޒިޔާރަތްކޮށް، ކިޔަވައިދިނުމާއި  އާންމުން ހޭލުންތެރިކުރުމުގެ އިތުރުން ސިއްހީ މަޝްރޫޢުތަކުގައި މަސައްކަތްކުރިއެވެ.

download

ރިޗަޑް ކޭޝް 2018 ވަނަ އަހަރު އިތިއޮޕިއާގައި އޯރަލް ރީހައިޑްރޭޝަން ލޮނު ޕެކެޓެއް ހިފައިގެން.

މިފަދަ ޒިޔާރަތެއްގައި 1979 ގައި ބަންގްލަދޭޝްއަށް ކޭޝް ދަތުރުކުރީ މުޝްތާޤް ޗައުދުރީއާ އެކުގައެވެ. ޗައުދުރީ އަކީ ފަގީރު މީހުންނަށް އެހީތެރިވުމަށް މަސައްކަތްކުރާ ބީއާރްއޭސީ ނަމަކަށް ކިޔާ ޖަމްޢިއްޔާއެއްގައި މަސައްކަތްކުރާ ފަރާތެކެވެ. އެމީހުން ދިޔައީ ކުޑަކުދިންގެ ފުރާނަ ސަލާމަތްކުރުމުގެ ޕްރޮގްރާމެއް ބަލާލުމަށެވެ. މިއީ ޗައުދުރީއަށް ވަރަށް ގިނަ ކަންތައްތަކެއް ދަސްވި ތަޖުރިބާއަކަށް ވިއެވެ. ފަހުން އޭނާ ބީއާރްއޭސީގެ ނައިބު ޗެއަރމަނަކަށްވެސް ވިއެވެ.

"އަހަރެންނަށް ދަސްވި އެންމެ ފުރަތަމަ ކަމަކީ ހިތްތިރި ވުމުގެ މުހިންމުކަން." ޗައުދުރީ އެންޕީއާރްއަށް ފޯނުން ދެއްވި އިންޓަވިއުއެއްގައި ބުނެފައިވެއެވެ. ކޭޝް އަބަދުވެސް އާންމު މީހުންނާ މުޢާމަލާތްކުރަނީ ވަރަށް އިޙްތިރާމާއެކު ކަމަށް އޭނާ މައުލޫމާތު ދިނެވެ. "ހުޅަނގުގެ ދުނިޔެއިން އަންނަ މީހުންނަކީ  މިތާގެ އާންމު ރައްޔިތުންނަށް އިޙްތިރާމްކުރާ ބައެއް ނޫން. ނަމަވެސް އޭނާއަކީ އެހެން މީހުންނާއި ވަރަށް ތަފާތު މީހެއް."

މީހުންނަށް އަމިއްލައަށް އޯއާރްޓީ ތައްޔާރުކުރަން ދަސްކޮށްދިނުމުގެ މަޝްރޫޢެއްގައި މަސައްކަތްކުރަމުން، ޗައުދުރީ އާއި ކޭޝް ޒިޔާރަތްކުރި އެއް ގެއަކީ ވަރަށް ފަގީރު ގެއެއްކަމުން އެގޭގައި އިށީންނާނެ ގޮނޑިއެއްވެސް ނެތެވެ. އެގޭގެ ވެރިން އަވަސްއަވަހަށް އުޅެން ފެށީ މެހެމާނުން އިށީންނާނެ ތަނެއް ހޯދުމަށެވެ. ނަމަވެސް ކޭޝް ވަގުތުން އެހެން އެންމެންނާއެކު ތަޅުންގަނޑުގައި އިށީނެވެ.

300 × 250
download (1)

ރިޗަޑް ކޭޝް (މެދުގައި) 1990 ގެ އަހަރުތަކުގައި ނަގާފައިވާ ފޮޓޯއެއްގައި މުޝްތާކް ޗައުދަރީ (ކަނާތް ފަރާތުގައި) އާއެކު.

ދުނިޔޭގެ ޞިއްޙަތާ ބެހޭ ސިޔާސަތުތަކާއި މިންގަނޑުތައް އޭނާގެ ޝައުޤުވެރިކަމަކަށް ވެގެން ދިޔައެވެ. އޭނާ ކޮވިޑް ފަދަ ދުނިޔޭގެ ޞިއްޙީ މައްސަލަތަކަށް އެންމެނަށްވެސް ފަސޭހަކަމާއެކު ލިބޭނެ  ޙައްލުތަކަށް އަހަންމިއްޔަތުކަން ދިނުމުގެ މުހިންމުކަމާ ބެހޭގޮތުން ލިޔެފައިވެއެވެ.

ކިޔަވައިދިނުމައިކީވެސް އޭނާ ވަރަށް ޝައުޤުވެރިވާ ކަމެކެވެ. އަދި އޭނާގެ ދަރިވަރުންނަށް އޭނާ ވަރުބަލިކަމެއްނެތް ކުރަމުންދާ މަސައްކަތް ފާހަގަކޮށް އެކަމަށް ތައުރީފުކުރެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި