1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
މަޢުލޫމާތު

އަލަށް ތައާރަފްކުރި ސްޓެމް ސެލް ޓްރާންސްޕްލާންޓުން ލޮލުގެ ފެނުން ގެެއްލިފައިވާ އެތައް ބަަޔަކު ރަނގަޅުވެއްޖެ

stem-cell-eye-disease-neurosicence-public
ކޯނިއާއަކީ ލޮލުގެ މަތީގައިވާ ތުނި ފަށަލަ.
މަރިޔަމް މިސްކް
2,878ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ކޯނިއާއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ތިން މީހެއްގެ ފެނުމުގެ ގާބިލުކަން ރެޑިކަލް ސްޓެމް ސެލް ޓްރާންސްޕްލާންޓަކުން ވަރަށް ބޮޑަށް ރަނގަޅުވެއްޖެއެވެ.

ޖަޕާނުގައި ކުރެވުނު މި ކްލިނިކަލް ޓްރަޔަލްއަކީ ދުނިޔޭގައި މިބާވަތުން ކުރެވުނު ފުރަތަމަ ޓްރަޔަލްއެވެ. އަދި މިއީ ސްޓެމް ސެލް ދިރާސާތަކަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.

އޮޕަރޭޝަން ކުރެވުނުތާ ދެ އަހަރު ފަހުން، އެއްވެސް ބޮޑު މައްސަލައެއް ފާހަގަ ކުރެވިފައެއް ނުވެއެވެ. އަދި ބޭރުން ބަލާއިރު، ތިން ކޯނިއާވެސް ކުރިއަށްވުރެ ސާފުކޮށް ފެންނަން ހުއްޓެވެ.

300 × 250

މި ދިރާސާގައި ބައިވެރިވި ހަތަރު މީހުންލިމްބަލް ސްޓެމް ސެލް ޑެފިޝިއެންސީ (އެލްއެސްސީޑީ) ކިޔާ، ކޯނިއާގައި ފާރު އުފެދޭ ބައްޔެއް ޖެހިފައިވާ ބައެކެވެ.

ކޯނިއާއަކީ ލޮލުގެ މަތީގައިވާ ތުނި ފަށަލައެވެ. އަދިލިމްބަސްއަކީ ކޯނިއާ ލޮލުގެ ހުދުބަޔާއި ގުޅުވައިދޭ ބައެވެ.

މި ބަޔަކީ ގިނަ އަދަދެއްގެ ސްޓެމް ސެލްތައް އެކުލެވިގެންވާ ބައެކެވެ. މި ސެލްތަކަކީ ކޯނިއާގައި ހަލާކުވެފައިވާ ސެލްތައް އާކުރުމަށް ތައްޔާރަށް ތިބޭ ސެލްތަކެކެވެ. އަދި އުމުރުން ދުވަސްވާ ވަރަކަށް ކޯނިއާ ސާފުކޮށް ބެހެއްޓުމަށް މި ސެލްތައް އެހީވެދެއެވެ.

ލިމްބަލް ސްޓެމް ސެލްތަކުގެ މަސައްކަތް ހުއްޓިއްޖެނަމަ، މަޑުމަޑުން ފެނުމުގެ ގާބިލުކަން ގެއްލިގެން ދިއުމަކީ ގާތް ކަމެކެވެ.

gr3

ފަރުވާ ދިން މީހުންގެ ލޮލުގެ ސްލިޓް ލެމްޕް މައިކްރޯސްކޯޕީ ތަސްވީރުތައް.

300 × 250

 އެއް ލޮލުގައި އެލްއެސްސީޑީ ޖެހިފައިވާ މީހުންނަށް، ލޮލުގެ ސަރޖަރީއަކުން އެބައި ނަގައި އެހެން ރަނަގަޅު ކޯނިއާގެ ބައެއް އެތަނުގައި ލެއްވިދާނެއެވެ. ނަމަވެސް ދެ ލޮލުގައިވެސް ލިމްބަލް ސްޓެމް ސެލް ގެއްލިފައިވާނަމަ، ޑޯނަރެއްގެ ޓްރާންސްޕްލާންޓެއް ބޭނުންވެއެވެ.

ދުނިޔޭގައި ކޯނިއާއާ ގުޅުންހުރި ސަބަބުތަކާހުރެ ފެނުމުގެ ގާބިލުކަން ގެއްލިފައިވާ 12.7 މިލިއަން މީހުންގެ ތެރެއިން ޓްރާންސްޕްލާންޓް ލިބެނީ 70 މީހުންކުރެ އެކަކަށެވެ. އަދި ޓްރާންސްޕްލާންޓް ހަދާ މީހުންގެ ތެރެއިންވެސް، އެލޮލުގެ ބޭނުން ދެމިހުރުމަކީ އާންމުކޮށް ދިމާވާ މައްސަލައެކެވެ. އަބަދުވެސް އެ ރިޖެކްޓްވުމުގެ ރިސްކު އޮވެއެވެ.

މިހާލަތުގައި އިންޑިއުސްޑް ޕްލޫރިޕޮޓެންޓް ސްޓެމް ސެލްތަކުގެ (އައިޕީއެސްސީ) ބޭނުންކުރެއެވެ. މި ބާރުގަދަ ސެލްތަކަކީ ކޮންމެ އިންސާނެއްގެ ހަށިގަނޑުގެ ސެލްތަކުން ބަދަލުކުރެވޭ ސެލްތަކެކެވެ. އޭގެ އަސްލު ހާލަތަށް އަނބުރާ ފޮނުވާލުމުން، މި ސެލްތައް އިތުރުވެއެވެ. އަދި މިއިން ކޮންމެ ސެލްއަކަށްވެސް އިންސާނާގެ ހަށިގަނޑުގެ ކޯނިއާގެ ސެލްތައް ހިމެނޭގޮތަށް، ކޮންމެ ބާވަތެއްގެ ސެލްއަކަށްވެސް، ބަދަލުވުމުގެ ގާބިލުކަން ލިބިގެންވެއެވެ.

2023 ވަނަ އަހަރު، އެމެރިކާގެ ދިރާސާވެރިން އިއުލާންކުރި ގޮތުގައި އެމީހުން ވަނީ ލިމްބިކް ސްޓެމް ސެލްތައް ބޭނުންކޮށްގެން ކޯނިއާއަށް ގެއްލުން ލިބިފައިވާ ދެ މީހެއްގެ ފެނުމުގެ ގާބިލުކަން އެއް އަހަރު ފަހުން އަނބުރާ ގެނެސްދީފައެވެ.

Limbus-close-up-1024x555

ލިމްބަސްއަކީ ގިނަ އަދަދެއްގެ ސްޓެމް ސެލްތައް އެކުލެވިގެންވާ ބައެއް.

300 × 250

މިހާރު، ޖަޕާނުގެ އޮސާކާ ޔުނިވަރސިޓީ ހޮސްޕިޓަލުގެ ސައިންޓިސްޓުން ވަނީ ދުޅަހެޔޮ އިންސާނުންގެ ލޭ ސެލްތަކުން ނެގިފައިވާ އައިޕީއެސްސީތައް ބޭނުންކޮށްގެން ލޮލުގެ ފެނުން އަނބުރާ ގެނެސްދީފައެވެ.

ލެބޯޓްރީގައި، މީގެ ނަތީޖާއެއްގެ ގޮތުން ލިބުނު އައިޕީއެސްސީތައް ކޯނިއަލް އެޕިތީލިއަލް ސެލް ޝީޓްތަކަށް (އައިސީއީޕީއެސް) ބަދަލުކުރެވުނެވެ. މި ޝީޓްތައް ބަލިމީހުންގެ ކޯނިއާގެ މަތީގައި ޓްރާންސްޕްލާންޓް ކުރެވުނެވެ. އަދި އޭގެ މަތީގައި ރައްކާތެރިކަން ދިނުމަށް ކޮންޓެކްޓް ލެންސްއެއް ލައްވާފައިވެއެވެ.

ޓްރާންސްޕްލާންޓް ކުރެވުނުތާ ގާތްގަނޑަކަށް ހަތް މަސް ފަހުން، ހަތަރު ބަލިމީހުންގެވެސް ފެނުމުގެ ގާބިލުކަން ރަނގަޅުވެފައިވާކަން ފެނުނެވެ. ނަމަވެސް އެއް އަހަރު ފަހުން، އެންމެ ބޮޑަށް ފެނުމުގެ ގާބިލުކަން ގެއްލިފައިވާ ހަތަރުވަނަ ބަލިމީހާ، 39 އަހަރުގެ އަންހެނެއްގެ ފެނުމުގެ ގާބިލުކަން އަނެއްކާވެސް ދަށަށް ގޮސްފައިވެއެވެ.

ފެނުމުގެ ގާބިލުކަން އެންމެ ރަނގަޅުވެފައިވަނީ ފުރަތަމަ އަދި ދެވަނަ ބަލިމީހުންގެ ކިބައިންނެވެ. މިއީ 44 އަހަރުގެ އަންހެނަކާއި 66 އަހަރުގެ ފިރިހެނެކެވެ.

ދިރާސާވެރިން ލަފާކުރާ ގޮތުގައި ތިންވަނަ އަދި ހަތަރުވަނަ ބަލިމީހުންގެ ފެނުމުގެ ގާބިލުކަން އެހާ ރަނގަޅު ނުވި ސަބަބެއް ކަމަށް ބެލެވެނީ ޓްރާންސްޕްލާންޓަށް ދިފާއީ ނިޒާމުގެ އަސަރު ކޮށްފައިވާތީ ކަމަށެވެ. ސްޓެރޮއިޑްތައް ފިޔަވައި އެއްވެސް ބަލިމީހަކަށް އިމިއުނޯސަޕްރެސިވް ބޭސްތަކެއް ދެވިފައެއް ނުވެއެވެ.

ދިރާސާވެރިން ކުރިން ވަނީ ބަލިމީހެއްގެ އަމިއްލަ ހަމުގެ ސެލްތަކުން ނެގިފައިވާ އައިޕީއެސްސީތައް ބޭނުންކޮށްގެން ރެޓީނާގެ މެދުގައިވާ މެކިއުލާގެ ހަލާކުވުމުގެ ސަބަބުން ފެނުމުގެ ގާބިލުކަން ގެއްލިފައިވާ މީހުންގެ ފެނުމުގެ ގާބިލުކަން އަނބުރާ ގެނެސްދީފައެވެ. ނަމަވެސް މިއީ ސައިންޓިސްޓުން މިފަދަ ކާމިޔާބީއެއް ލޮލުގެ ފެނުން ރަނގަޅުކުރުމަށް ލިބުނު ފުރަތަމަ ފަހަރެވެ. އަދި މިއީ ބަލިމީހުންގެ އަމިއްލަ ސެލްތަކުން ނެގިފައިވާ ބައިތައް ބޭނުންނުކޮށް ހޯދުނު ކާމިޔާބީއެކެވެ.

މި ކުދި ޓްރަޔަލްތަކަކީ ވަރަށް އުންމީދީ ޓްރަޔަލްތަކެއް ކަމުގައިވީ ނަމަވެސް، މިފަދަ ކަންކަމަކީ އަދިވެސް ބަލިމީހާއަށް ނުރައްކާތެރި ވެދާނެ ކަންކަމެވެ.

އެމީހުން މިހާރު ވަނީ މި ނަތީޖާތަކުގެ މައްޗަށް ބިނާކޮށް މަލްޓިސެންޓަރ ކްލިނިކަލް ޓްރަޔަލްއެއް ރާވަން ފަށާފައެވެ.

300 × 250

ޚިޔާލު (4)

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

  • Aisha Ali Kuda

    Alhamdhulillaah

  • Fathmath Kamila

    Alhamdhulillah

  • Fathmath Azeeza

    Alhamdulillah

  • Aishath Niusha

    Aminath Nishama

ގުޅުންހުރި