ޢަރަފާތު ބިމުން- އެހަނދާން
ޙަމްދާ ޘަނާއާ ދަންނަވަން ކީރިތި އިލާހީ ޙަޟްރަތަށް އަމުނާ ސަލާމުގެ ހާރުތައް ލޮބުވެތި ރަސޫލުލް އުންމަތަށް ތަކުބީރު ތަހުލީލުގެ އަޑުން މިފަޒާ މިއަދު ގުގުމާލަނީ ޒިކުރާގައޭ ރައްބީގެ މާތް އެދިގެން އިލާހީ ރަޙުމަތަށް މައްކާގެ ހޫނުބިމުން އެމާތް ފާޅުވި މުޙައްމަދު މުޞްޠަފާ ދެއްކެވި އިލާހީ ނޫރުފުޅު އަލިކަން ދިނީ ޢާލަމްތަކަށް ޚުޠުބާ އެމާތް ޢަރަފާތުގައި އިއްވެވި ރަސޫލު ﷲ މާތް އަތުރައިލެވުނު ރަން މުތް ތަކެއް ފަދައިން އޮހުނު ޢާލަމްތަކަށް އެއްލައްކަ ސައުވީސް ހާސްއެތައް މުސްލިމް އަޚުންނާ އުޚުތުނާ، އެއްވިޔެ އެމާތް ޠާހިރު ބިމަށް ޙައްޖުގެ ވިމަތިވެރި އަޅުކަމަށް ﷲ ކީރިތި ހެކި ކުރައްވީ ކޮންމެ ބަސްފުޅަކާއެކީ، ޚުޠުބާ އިތުރު ޙައްޖުލް ވަދާޢުގެ އިއްވިހިނދު މުޅި އުންމަތަށް އެއްހަށިގަނޑެއްގެ މިސާލު ދައްކަވމުން ނަމޫނާ ދެއްކެވީ ގެއްލުންވިޔަސް ވަކިގުނަވަނަށް އެއަސަރު ކުރާކަން ހަށިގަނޑަށް އަގުހުރި ވަޞިއްޔަތް އަންހެނުންނާ ފިރިހެނުންނަށް އިއްވެވީ މަގު އޮޅިނުދާހެން މާތްވި އިސްލާމް ދީނުގައި ސާބިތުވުމަށް ދީނުގެ ޙުކުމްތައް އިއްވަވައި އިންސާފު ޢަދުލުގެ ހަމަތަކާ ވީސާފު މާތްވި ޙަދީޘްފުޅުން މަންފާވެޔޭ ލިބި ދާއިމަށް އީމާން ކަމުގެ މަތިވެރި ޢަޤީދާ ހަރުދަނާ ސާބިތު ދަރީން ދީނަށް ނަޞުރު ދޭނޭ ނެރުއްވާނދޭ ދިވެހިގައުމީ ބިމަށް يا ربنا ياربنا ކުށް ފާފަ ކުރެވޭ ފުއްސަވައި ޙާލުން ނަޖާކޮށް ދެއްވަވާ އެދެމޭ އިލާހީ ރަޙުމަތަށް








ޚިޔާލު (1)
ވަރަށް ފުރިހަމ