ފުރިއްޖެ ދެލޯ އޮހުނު ކަރުނައިން ޚަބަރު ނޫހުންކިޔާލީމާ
މެރިއްޖެމިލޯ އަސަރުގައިފުންފޮޓޯ ނޫހުންބަލާލީމާ
ފަގީރުކަމާއި ނިކަމެތިކަން އެކަނިވެރިކަންވަށައިގެންވީ
ޙަގީގަތް ސާފުކޮށް ލައްވާ އެހީބޭނުންވެފައި ވީމާ
ނެތޭ ވާލެއް އިޔާރެއްއަދިއަޅާލާނޭ ފަރާތެއްވެސް
ހިތޭ ކުދިކުދިވަނީ މަންޒަރު ލޮލަށްސިފަ ކުރެވިފައިވީމާ
ބަލީގައިކެންސަރުގެ އެއްފައި މުޅިންބުރިކުރެވިފައިއެވަނީ
ބަލީގައިކެންސަރުގެ މޭވެސް ހަލާކުވެފައި މިއަދު ވީމާ
އެބަލިކަށި މާމަކައިރީގައި ވެޔޭދެކުދިންމިއަދު ކިޔަވާ
އެބަލި ހާލަށް އަޅާލާނޭ އެކަކުވެސްނެތި އުޅެންވީމާ
ދެވޭޞަދަޤާތެކޭ މަތިވެރި ޔަގީނޭ في سبيل الله
ޘަވާބާދަރުމަ އާޚިރަތުން ލިބެން މަގު ފަހިވެފައި ވީމާ
ދަރިންނޭ އަދުގެ ފޯރުންތެރި އެހީއެއްކުޑަވިޔަސްދެއްވާ
ދަރިންނަށް ހާލުގައިއެއުޅޭ މިކަންމިގޮތަށް ދިމާވީމާ
އަޚުންނާއުޚުތުނޭ ލޮބުވެތި ސިޔާމާއަށް އެހީދެއްވާ
އަޚުންއުޚުތުންގެ ގޮތުގައިބައްލަވާ ނިކަމެތިއެހާވީމާ
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.