1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ރިޕޯޓް

3 އަންހެންކުދިންނާއި ލޯފަންފިރިއެއްގެ އެހީތެރިޔާ؛ ސްޓްރޯކެއް ޖެހި ބަލިއެނދުގައި، ފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމަށް އެހީއަށް އެދި

މަރްޔަމް ޝަފާ ސައީދު
4,639ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އިންސާނާގެ ދިރިއުޅުމަކީ އިމްތިހާނުތަކުން ފުރިގެންވާ ދަތުރެކެވެ. ބައެއް ފަހަރު ކުރިމަތިވާ ހިތްދަތި ހާދިސާތަކުން މުޅި އާއިލާގެ ދިރިއުޅުން ބަދަލުކޮށްލައެވެ. އައްޑޫ ސިޓީއަށް ނިސްބަތްވާ ޝާދިޔާ އާއި އޭނާގެ އާއިލާއަށް މިއަދު ކުރިމަތިވެފައިވަނީ މިފަދަ ނިކަމެތި، ހިތްދަތި ހާލަތެކެވެ. ލޮލުގެ ފެނުން ގެއްލިފައިވާ ފިރިއަކާއި، ނުކުޅެދުންތެރިކަން ހުންނަ ދަރިފުޅަކު ހިމެނޭހެން ތިން ކުދިން ބަލަހައްޓަމުން ދިޔަ ހީވާގި މަންމަ، މިއަދު އޮތީ އެހީތެރިކަމަށް އިންތިހާއަށް ބޭނުންވެފައެވެ.

މީގެ އަހަރުތަކެއް ކުރިން، މާލޭގައި ޕިކަޕް ދުއްވައިގެން އާއިލާ ބަލަހައްޓަމުން ދިޔަ އިބްރާހީމް މޫސާ (އިބްރާހީމްބެ) ގެ ލޮލުގެ ފެނުން ގެއްލުނީ ލޮލުގެ އޮޕަރޭޝަނަކަށް ފަހުގައެވެ. އެ ހިސާބުން މުޅި އާއިލާގެ ބުރަ ޒިންމާ ނެގީ ޝާދިޔާއެވެ. ނަމަވެސް، މީގެ 10 އަހަރު ކުރިން ޝާދިޔާއަށް ޖެހުނު ސްޓްރޯކަކާއެކު އޭނާގެ އެއްފަޅި ވާގިނެތި، މުޅި އާއިލާގެ ދިރިއުޅުން އަނދިރިވެގެން ދިޔައެވެ. މިއަދު ޝާދިޔާ ބަލި އެނދުގައި އޮންނަތާ ދިހަ އަހަރު ވެފައިވާއިރު، ޖިސްމާނީ ބަލިކަށިކަމާއެކު ނަފްސާނި ގޮތުންވެސް ބަލިވެފައެވެ.

"މިހާރު އެއްވެސް އެއްޗެއްނުކެވޭ، ހާލުން ދިޔާއެއްޗެއްވެސް ދެވެނީ. މަޑުމަޑުން ބަސްމަދުވަމުން ގޮސް މުޅިންހެން ވާހަކަ ދެއްކުން ހުއްޓާލައިފި، ހީވާކަހަލަ އުއްމީދެއްވެސް ނެތޭ ބުނާހެން، " އިބްރާހިމްބެ ކިޔައިދިނެވެ.

300 × 250

އިބްރާހީމްބެ ކިޔައިދޭ ގޮތުގައި، ޝާދިޔާގެ ފަރުވާއަށް ދައުލަތުގެ މުއައްސަސާތަކުން ލިބެންޖެހޭ އެހީތެރިކަން އެކަށީގެންވާ ގޮތެއްގައި ނުލިބެއެވެ. އާސަންދަ އާއި އެންސްޕާގެ އެހީތެރިކަން ހޯދުމަށް ކުރި މަސައްކަތުން އަދި އަލިމަގެއް ފެނިފައެއް ނުވެއެވެ. އެންމެ ކުޑަމިނުން ޝާދިޔާ ބޭނުންކުރާ ފުރޮޅުލީ ގޮނޑިއަކީވެސް ދީލަތި ފަރާތެއްގެ އާދޭސްކޮށްގެން ހޯދާފައިވާ އެއްޗެކެވެ.

މި އާއިލާގައި ތިބި ތިން އަންހެން ކުދިންގެ ތެރެއިން ދޮށީ ދަރިފުޅަކީ ނުކުޅެދުންތެރިކަން ހުންނަ ކުއްޖެކެވެ. ލޮލަށް ނުފެންނަ ބައްޕައަކާއި، ވާގިނެތިފައިވާ މަންމައެއް އަދި ނުކުޅެދުންތެރިކަން ހުންނަ ދައްތައެއްގެ ކަންކަން ބެލެހެއްޓުމުގެ ބުރަ އުފުލަމުންދަނީ ހަގަށް ތިބި ދެކުދިންނެވެ. އަމިއްލަ އާމްދަނީއެއް ނެތް މި އާއިލާ މިއަދު ކައިބޮއެ އުޅެނީ އާއިލާގެ އެހެން މީހުންގެ ކުޑަ އެހީތެރިކަމަކާއެކުގައެވެ.

ޝާދިޔާގެ ބައްޔަށް ކޮންމެވެސް ވަރެއްގެ ލުޔެއް މީގެ ކުރިން ލިބުނީ ހެޔޮ އެދޭ ފަރާތްތަކުގެ އެހީގައި އިންޑިއާއަށް ކުރި ދަތުރަކުންނެވެ. ނަމަވެސް މާލީ ތަނަވަސްކަން ނެތުމުން ފަރުވާ ވަނީ މެދުކެނޑިފައެވެ. އިބްރާހީމްބެގެ ހަމައެކަނި އުންމީދަކީ ކޮންމެވެސް ގޮތަކުން ޝާދިޔާއަށް ފަރުވާ ލިބި، އަލުން ތެދުވެވޭނެ ދުވަހެކެވެ. މިއީ މުޅި މުޖުތަމައުގެ އެހީތެރިކަން ބޭނުންވެފައިވާ ވަގުތެކެވެ. އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް ފޯރުކޮށްދޭ ކުޑަ އެހީއަކީ މި އާއިލާގެ މާޔޫސްކަމަށް ލިބޭނެ ބޮޑު އުންމީދެކެވެ.

ބައެއް ހެޔޮއެދޭ ފަރާތްތަަކުން ދެއްވި އެހީއިން ލިބުނު ފައިސާކޮޅު ރައްކާކޮށްގެން އިތުރަށް ބޭނުންވާ ވަރު ލިބޭތޯ އިބްރާހީމްބެ ދަނީ މަސައްކަތް ކުރަމުންނެވެ.ރާއްޖެއިން ބޭރަށް ޝާދިޔާ ގެންދަން ޖެެހެނީ ހަމައެކަނި ސްޓްރޯކްއިން ވާގިނެތިފައިވާ ބަޔަށް ފަރުވާހޯދުމުގެ އިތުރަށް ކެއިންބުމާއި ހުރުމާއި ދަތުރުފަތުރުގެ ކަންކަމަށްވެސް އެހީބޭނުންވެއެވެ. ކިރިޔާވެސް ފުރައިގެން ދެވޭވަރު ވުމުން އެކަން އެހީތެރިވެދިން ފަރާތްތަކަށް އަންގާނެ ކަމަށްވެސްް އިބްރާހީމްބެ ވަނީ ބުނެފައެވެ.

ޝާދިޔާގެ އާއިލާގެ ހާލަތަކީ ކޮންމެ އިންސާނެއްގެ ހިތަށްވެސް އަސަރުކުރާނެ ފަދަ ނިކަމެތި ހާލަތެކެވެ. ބަލި އެނދުގައި އޮތް މަންމައަކާއި، ލޯފަން ބައްޕައެއްގެ އާދޭހަކީ އެހީތެރިކަމުގެ އަތެއް ދިއްކޮށްލުމެވެ. ދީލަތި ހިތަކުން މި އާއިލާއަށް އެހީތެރިވާން ބޭނުންވާ ފަރާތްތަކުން ފައިސާ ޖަމާ ކުރުމަށް:

ބީއެމްއެލް އެކައުންޓް ނަންބަރު: - 7708525273101 - Shadhiya Hassan / ޝާދިޔާ ހަސަން

300 × 250

ގުޅޭނެ ނަންބަރ: - 7607740 / 7615838 ޝާދިޔާގެ ފިރިމީހާ އިބްރާހީމްބެ

ޝާދިޔާގެ ފިރިމީހާގެ ހުރިހާ ވަގުތެއް ހުސްކޮށްފައި ވަނީ އޭނާގެ 3 ކުދިންގެ މަންމައަށް ހޭހަން ކުރުމުގައެވެ. ލޯފަން ޙާލުގައިވިޔަސް، އޭނާއަށް ވެވުނު ވަރަކުން ޝާދިޔާގެ ކަންކަން ހަަމަޖެއްސޭތޯ އިބްރާހީމްބެ ދަނީ ކުރެވެން އޮތް ހުރިހާ ކަމެއްކުރަމުންނެވެ.

ތިރީގައި މިވަނީ ޝާދިޔާގެ މެޑިކަލް ލިޔުންތަކެވެ!

ޝާދިޔާގެ މެޑިކަލް ލިޔުންތައް

ޝާދިޔާގެ މެޑިކަލްލިޔުންތަކުގެ ތެރެއިން

300 × 250

ޝާދިޔާގެ މެޑިކަލްލިޔުންތަކުގެ ތެރެއިން

ޝާދިޔާގެ މެޑިކަލްލިޔުންތަކުގެ ތެރެއިން

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި